ކުޑަފަރީ ޞިއްޚީ މަރުކަޒުގައި ވަޒީފާ އަދާކުރަމުންދިޔަ، އެމްޑީޕީގެ އެކްޓިވިސްޓަކު ވަޒީފާއިން ވަކިކޮށްފި
ނ.ކުޑަފަރީ ޞިއްޚީ މަރުކަޒުގައި ވަޒީފާ އަދާކުރަމުންދިޔަ، އެމްޑީޕީގެ އިސް އެކްޓިވިސްޓަކު ވަޒީފާއިން ވަކިކޮށްފިއެވެ.
ސިޔާސީ މަޤާމެއްގައިހުރި މިމީހަ ވަޒީފާއިން ވަކިކޮށްފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. ވަޒީފާއިން ވަކިިކޮށްފައިވަނީ ނ.ކުޑަފަރި މަރުކަޒުގެ އެޑްމިނިސްޓްރޭޓަރ، ހެލްތް ސަރވިސަސްގެ މަގާމުން ޖާބިރު ޙަސަން އެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއަށް ލިބިދީފައިވާ ބާރުގެ ދަށުންކަމަށް އޭނާއަށް ފޮނުވި ސިޓީގައި ވަނީ ބުނެފައެވެ.
ޖާބިރަކީ އެމްޑީޕީގެ އިސްއެކްޓިވިސްޓުންގެ ތެރޭގައި ވަރަށް އިސްކޮށް ހަރަކާތްތެރިވާ ހިންގުންތެރި ބޭފުޅެކެވެ. އަދި ވަކިން ޚާއްޞަކޮށް ކުޑަފަރީ އެމްޑީޕީގެ ހަރަކާތްތަކުގެ އިސްކޮށް ހަރަކާތްތެރިވެ ގިނަ ކެމްޕެއިންތައް މެނޭޖް ކުރި ޒުވާނެކެވެ.
އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ސީދާ ކޮން ސަބަބަކާ ހެދިކަމެއް ސާފެއް ނުވެއެވެ.
ޖާބިރު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން ނ.ކުޑަފަރީ ކައުންސިލްގެ ރައީސް އަދި ނ.އަތޮޅު ކައުންސިލްގެ ނައިބްރައީސް ޝަމީމް މުޙައްމަދު ( ސަންބޯ ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖާބިރަކީ ކުޑަފަރީ އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވެ ގިނަ ކެމްޕެއިންތައް މެނޭޖް ކުރި ޒުވާނެއް ކަމަށެވެ.
މެމްބަރ އަޙްމަދު އީސާގެ ޒާތީ ކަމަކާ އަޅުވާފަ ވަޒީފާއިން ވަކިކުރީ – ސަންބޯ ގެ ޓްވީޓްގައި ވެއެވެ.


