ޗައިނާއެކު ފަސް އެއްބަސްވުމެއްގައި ސަރުކާރުން ސޮއިކޮށްފި
ދިވެހިރާއްޖެ އާއި ޗައިނާއާއި ދެ ޤައުމުގެ ދެމެދުގައި ގިނަ ދާއިރާ ތަކަކުން ގުޅުން ބަދަހިކުރުމަށް ފަސް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރީ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީއެވެ.
ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައި ޗައިނާއެކު ފަސް އެއްބަސްވުމެއްގައި ސޮއި ކުރިއިރު، އެއްބަސްވުމުގެ ތަފްސީލެއް ނުދެއްވައެވެ.
ފޮރިން މިނިސްޓްރީން ހާމަ ކުރާ ގޮތުގައި ދެ ޤައުމުގެ ދެމެދުގައިި އެއްބަސްވުން އެކުލަވާލަން ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި، ސިއްޙީ ދާއިރާއާއި، ދަތުރުފަތުރުގެ ދާއިރާއާއި އަދި ހިލޭ އެހީ ރާއްޖެއަށް ފޯރުކޮށްދިނުމުގެ އެއްބަސްވުން ހިމެނެއެވެ. މިގޮތުން، ވިސާގެ ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމާއި ރާއްޖެއަށް ހިލޭ އެހީ ދިނުމުގެ އެއްބަސްވުމެއް ހިމެނެއެވެ. އަދި ސިނަ މާލެ ބްރިޖު ބެލެހެއްޓުމާ ގުޅޭ އެއްބަސްވުމަކާއި ބޯފެން ފޯރުކޮށްދިނުމަށާއި ސިއްހީ ދާއިރާ އިން އެހީވުމާ ގުޅޭ އެއްބަސްވުމެއްވެސް ހިމެނެއެވެ.
މިއަދު ޗައިނާގެ ފޮރިންގް މިނިސްޓަރު ރައީސް ޞާލިޙްއާވެސް ބައްދަލު ކުރުމަށްވަނީ ނިންމާފައެވެ.


