ޚަބަރު

އަލިފާނުގެ ހާދިސާއާއި ގުޅިގެން އެސްބީއައިގެ ޚިދުމަތްތައް ހުޅުމާލެއަށް ބަދަލުކޮށްފި

ސްޓޭޓް ބެންކް އޮފް އިންޑިއާ ހިންގާ ޢިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެބެންކުގެ ޚިދުމަތްތައް ހުޅުމާލޭގައި ހުންނަ އެބޭންކްގެ ބްރާންޗުން ފޯރުކޮށްދޭ ގޮތަށް ހަމަޖައްސައިފިއެވެ.

އެސްބީއައިން ނެރުނު ބަޔާނެއްގައި ބުނީ ބެންކުގެ އޮޕަރޭޝަންތައް ހިންގަމުންދާ ގަދަގޭ މުހައްމަދުފުޅު ބިލްޑިންގގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ބެންކުގެ ޚިދުމަތްތަކަށް އަސަރުކުރާނެކަމަށެވެ. ނަމަވެސް ބެންކިންގ ޚިދުމަތަށް އެއްވެސް ބުރޫއެއް ނާރާގޮތަށް މަސައްކަތްތައް ކުރިއަށްގެންދިއުމަށް ބެންކުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އެސްބީއައިގެ ބަޔާނުގައިވެއެވެ. އެގޮތުން އެސްބީއައިގެ މާލޭ ބްރާންޗުން ފޯރުކޮށްދެމުންދިޔަ ޚިދުމަތްތައް ހުޅުމާލޭ އަމިން އެވެނިއުގައި ހުންނަ ބެންކުގެ ބްރާންޗުން ލިބޭނެކަމަށް އެސްބީއައިއިން ބުނެއެވެ.

އެސްބީއައިގެ ޚިދުމަތްތައް ހުޅުމާލޭ ބްރާންޗުން ފޯރުކޮށްދިނުމަށް ނިންމާފައިވާއިރު، ހުޅުމާލޭ ބްރާންޗަށް ދާން ބޭނުންވާ ފަރާތްތަކަށް ދަތުރުފަތުރުގެ އިންތިޒާމް ހަމަޖައްސައިދޭނެކަމަށްވެސް އެސްބީއައި އިން ބުނެއެވެ.

ގަދަގޭ މުހައްމަދުފުޅު ބިލްޑިންގގައި ހިނގި އަލިފާނުގެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ އިމާރާތުގެ ފަސް ފަންގިފިލައެއްގައި އެސްބީއައިގެ އޮފީސްތައް އަންނަނީ ހިންގަމުންނެވެ. އެސްބީއައި އިން މަޢުލޫމާތުދޭ ގޮތުގައި ބެންކުގެ ހުރިހާ އޮފީހަކަށް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close