އެޗްޕީއޭގައި މަސައްކަތް ކޮށްލަން ބޭނުންތަ؟ މަހަކު 7500 ރުފިޔާ
އެޗްޕީއޭ އިން ކޮވިޑް ސާމްޕަލް ސެންޓަރުތަކުގައި ސާމްޕަލް ނެގުމުގެ މަސައްކަތް ކޮށްލަން މިއޮތީ ވަރަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ.
އެޗްޕީއޭއިން ކުރި އިއުލާނުގައި ބުނީ ކޮވިޑް ސާމްޕަލް ސެންޓަރުތަކުގައި ސާމްޕަލް ނެގުމުގެ މަސައްކަތްކޮށްދޭނެ 6 ފަރާތެއް ބޭނުންވާ ކަމަށެވެ.
އެޗްޕީއޭ އިން ބުނީ ސާމްޕަލް ކަލެކްޓިން ސެންޓަރުތަކުގައި އެމީހުން މަސައްކަތް ކުރަން ޖެހޭނީ ހަ މަސް ދުވަސް ވަންދެން ކަމަށާއި މަހަކު 7500 ރުފިޔާގެ މުސާރައެއް ލިބޭނެ ކަމަށެވެ.
މީގެ އިތުރުން އެ އިއުލާނުގައި ބުނީ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 15 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ކުރިންނެވެ.
މާލޭ ސަރަހައްދުގައި އެޗްޕީއޭއިން ޤާއިމްކޮށްފައިވާ ސާމްޕަލް ސެންޓަރުތަކަކީ، ހުޅުމާލޭގެ ތިން ސާމްޕަލް ސެންޓަރާއި، ހެންވޭރު ދަނޑުގައި ގާއިމްކޮށްފައިވާ ސާމްޕަލް ކަލެކްޝަން ސެންޓަރާއި، ސޯޝަލް ސެންޓަރާއި، ވިލިމާލެ ފްލޫ ކްލިނިކް ސެނެހިޔާ އަދި ބްރިޖް ކައިރީގައި ގާއިމްކޮށްފައިވާ ސާމްޕަލް ކަލެކްޝަން ސެންޓަރެވެ.


