ޚަބަރު

ނައިބު ރައީސްގެ ދެ ދަތުރަށް 3.1 މިލިއަން ހަރަދުވި – ސަރުކާރު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނައިބު ރައީސް ހުސެން މުހައްމަދު ލަތީފު މި މަހުގެ 4 އިން 14 އަށް ޗައިނާ އަށާއި ސްވިޒަލެންޑުގެ ޖެނީވާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ޖުމްލަ 3.18 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

މިކަން ހާމަކުރައްވާފައި ވަނީ  މިއަދު މިއަދު ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ސަރުކާރުގެ އިސްތަރުޖަމާން މުހައްމަދު ޝަހީބުއެވެ.

ނައިބު ރައީސް ހުސެން މުހައްމަދު ލަތީފު ޗައިނާ އަށާއި ސްވިޒަލެންޑުގެ ޖެނީވާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި ގުޅޭ ޚަރަދު ތަފުސީލް ދެއްވަމުން ވިދާޅުވީ ޗައިނާ އަށާއި ޖެނީވާ އަށް ނައިބު ރައީސް ވަޑައިގެންނެވީ ފަސްޓް ކްލާހުގައި ކަމަށެވެ.

ދަތުރުފުޅާއި ގުޅޭގޮތުން އިތުރަށް ޝަޙީބު ވިދާޅުވީ ދެ ދަތުރުފުޅުގެ ޓިކެޓަށް 2.4 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށާއި ، ޗައިނާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ޖުމްލަ 180،735.90ރ ޚަރަދުވެފައިވާ ކަމަށެވެ. އަދި ޖެނީވާ ދަތުރުފުޅަށް ޖުމުލަ  595،779.14ރ ޚަރަދުވެފައިވާ ކަމަށެވެ. މީގެ ތެރެއިން ޗައިނާ ދަތުރުފުޅުގައި ވަފުދުގެ ބޭފުޅުންނަށް ހުރުމާއި، ފަރިއްކޮޅާއި، އެތެރޭގެ ދަތުރުފަތުރުގެ ހަރަދުތައް ހަމަޖެއްސީ ޗައިނާގެ ސަރުކާރުންކަމަށެވެ.

ރައީސާއި ނައިބު ރައީސް ކުރައްވާ ދަތުރުފުޅުގެ ޚަރަދު ތަފްސީލް ހާމަކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދު ފުޅެކެވެ.

އެއް ކޮމެންޓް

  1. މާލިއްޔަތުން ދަތުރުތަކައްވެސް ޚަރަދު ކުރަންވާނީ ކުރެވެންއޮތް އެންމެ ޚަރަދު ކުޑަގޮތަކަށް. ތިވަރު ތަންކޮޅެއް ބޮޑުކަމަށް ފެނޭ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close