ރާއްޖޭގެ ސަރަހައްދުން މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ 2 ބޯޓެއް އަތުލައިގެންފި
ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ 2 މަސްބޯޓެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް ވަދެ މަސްވެރިކަން ކުރަމުންދަނިކޮށް މީގެ ތެރެއިން އެއް ބޯޓު އަތުލައިގެންފައިވަނީ މިދޔަ ހޮނިހިރު ދުވަހުގެ ހަވީރު 17:55 ހާއިރުކަމަށެވެ. އަދި އަނެއް ބޯޓު އަތިލައިގެންފައިވަނީ ރޭ ފަތިހު 5:34 ހާއިރުކަމަށެވެ. އެމްއެންޑީއެފްއިން ވިދާޅުވީ މި ދެ އޮޕަރޭޝަން ކުރިއަށް ގެންދިޔުމުގައި “އަސުރުމާ 3” ކިޔާ ދޯނީގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާކަމަށެވެ.
ދާދި ފަހުންވެސް ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ މަސް ބޯޓެއް ވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސް، 4 ލައްކަ ރުފިޔާއިން ބޯޓްގެ ވެރިފަރާތް ޖޫރިމަނާކޮށްފައެވެ.

