ޚަބަރު

ސޯޝިއަލް މީޑިއާގެ ގިނަ އެޕްތަކެއް އަނެއްކާވެސް ސްރީލަންކާގައި ބްލޮކްކޮށްފި

މިދިޔަ މަހުގެ ފަހުކޮޅު ސްރީލަންކާގައި ދިން ވަރުގަދަ ޙަމަލާތަކާގުޅިގެން އަދިވެސް އެކަން ކޮންޓްރޯލްވެ ހަމަޔަކަށް އެޅިފައިވާނުވާތީ ކަމަށްބުނެ  ސޯޝިއަލް މީޑިއާގެ ގިނަ އެޕްލިކޭޝަން ތަކެއް އަނެއްކާވެސް ސްރީލަންކާގައި ބްލޮކްކޮށްފިއެވެ.

ފޭސްބުކާއި، ވަޓްސްއަޕާއި، އިންސްޓާގްރާމާއި، ޔޫޓިއުބާއި، ވައިބަރާއި، ސްނެޕްޗެޓާއި، އަދި ފޭސްބުކް މެސެންޖަރ ވެސް އިއްޔެއިން ފެށިގެންވަނީ ލަންކާގައި ބޭނުންނުކުރެވޭގޮތަށް ބްލޮކް ކޮށްފައެވެ.

ރަސްމީފަރާތްތަކާ ޙަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި މީސްމީޑިއާ ބްލޮކްކޮށްފައި ވަނީ ވަގުތީ ގޮތުންނަމަވެސް އަންބްލޮކް ކުރާނެ ވަކިތާރީޚެއް އަންގާފައެއް ނުވެއެވެ. މިއީ ލަންކާގެ ރައްޔިތުންގެ އިތުރުން އެހެނިހެން ޤައުމުތަކުގައި ދިރިއުޅޭ ލަންކާއާއި ގުޅުންހުރި މީސްމީހުންނަށްވެސް ވަރަށްބޮޑެތި އުނދަގޫތަކާ ކުރިމަތިލާންޖެހޭނެކަމެކެވެ.

މިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކުގައި 258 މީހުން މަރުވެ 500 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު އެހަމަލާތަކަށް ފަހު ސްރީލަންކާގެ ފަތުރުވެރިކަން ވަނީ އާދަޔާ ޚިލާފަށް ދަށަށްގޮސްފަ އެވެ.

އަދިވެސް ދޭތެރެ ދޭތެރެއިން އެފަދަ ޙަމަލާތަކުގެ އިންޒާރުވެސް ދަނީ ކަމާބެހޭ ފަރާތްތަކަށް އިންޓެލިޖެންސް ރިޕޯޓްގެ ގޮތުގައި ލިބެމުންނެވެ.

ރޭ ފަތިހުވެސް ވަނީ ފޭސްބުކުގައި ކުރެވުނު ޒުވާބަކަށްފަހު މުސްލިމުންނާއި، ކްރިސްޓިއަނުންނާ ދެމެދު މާރާމާރީ ހިންގާ މުސްލިމުންގެ ފިހާރަތަކަކަށް ގެއްލުންދީފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close