ދީން

ހުކުރު ދުވަހުގައި ދުޢާ އިޖާބަކުރައްވާ ވަޤުތަކީ ކޮބާ؟

ހުކުރު ދުވަހުގައި ދުޢާ އިޖާބަކުރައްވާ ވަޤުތަކީ ކޮބާ؟

ހުކުރު ދުވަހުގައި ދުޢާ އިޖާބަކުރައްވާ ވަޤުތާމެދު ދެ ރައުޔެއް އައިސްފައިވެއެވެ.

1- އެ ވަޤުތުކޮޅު ވަނީ އިމާމު މީހާ މިންބަރަށް އެރީއްސުރެ ނަމާދުކޮށް ނިމުމާ ދެމެދުއެވެ. ދަލީލަކީ މި ޙަދީޘެވެ. އަބޫ މޫސަލް އަޝްޢަރީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ހުކުރު ދުވަހުގެ ދުޢާ އިޖާބަކުރެއްވޭ ވަޤުތުކޮޅާ ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިހެން ޙަދީޘްކުރެއްވީތީ އަހުރެން އަޑުއެހީމެވެ. (هِيَ مَا بَيْنَ أَنْ يَجْلِسَ الإِمَامُ إِلى أَنْ تُقْضَى الصَّلاَةُ) رواه مسلم 853 މާނައީ: “އެވަޤުތުކޮޅު ވަނީ އިމާމު މީހާ މިންބަރުމަތީގައި އިށިއިނުމާ، ނަމާދު ނިމުމާ ދެމެދުއެވެ.”

2- އެ ވަޤުތުކޮޅުވަނީ ހުކުރު ދުވަހުގެ ޢަޞްރު ފަހުން އިރު އޮއްސުމާ ދެމެދުގައެވެ. ދަލީލަކީ ޖާބިރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ މި ޙަދީޘެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ((يَوْمُ الجُمُعة ثِنْتَا عَشْرَةَ سَاعَةً ، لَا يُوجَدُ فِيهَا عَبْدٌ مُسْلِمٌ يَسْأَلُ اللهَ شَيْئاً إِلَّا آتَاهُ إِيَّاهُ ، فَالْتَمِسُوهَا آخِرَ سَاعَةٍ بَعْدَ العَصْرِ)) [رواه أبو داود (1048) والنسائي (1389) ، وصححه الألباني في ” صحيح أبي داود ” ، والنووي في “المجموع” (4 / 471)] މާނައީ: “ހުކުރު ދުވަހުގައި ބާރަ ސާޢަތްވެއެވެ. މުސްލިމު އަޅަކު އެވަގުތުގައި ﷲއަށް ދެންނެވިކަމެއް ނުދެއްވާ ދޫކޮށް ނުލައްވާނެތެވެ. ޢަޞްރުވަޤުތުގެ ފަހުން އެންމެ ފަހު ސާޢަތުގައި ތިޔަބައިމީހުން އެވަޤުތު ހޯދައިގަންނާށެވެ.”  ދެއަތް އުފުލައިގެން ދުޢާކުރެވިދާނެއެވެ.

 ✍️الشيخ محمد شافع

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close