ޚަބަރު

މިއަހަރުގެ ޢާޝޫރާ ދުވަހަކީ އޯގަސްޓުމަހުގެ 18 ވަނަ ދުވަސް – އިސްލާމިކް މިނިސްޓްރީ

މިއަހަރުގެ ޢާޝޫރާ ދުވަހަކީ (މުޙައްރަމް މަހުގެ 10 ވަނަ ދުވަހަކީ) މިހިނގާ އޯގަސްޓުމަހުގެ 18 ވަނަ ދުވަސްކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅައިފިއެވެ.

މިކަން ކަނޑައަޅާއި، އިއްޔެގެ ތާރީޚު ޖައްސަވާ އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ދެންނެވުމެއްގައިވަނީ، ދިވެހި ރާއްޖޭގައި ޢަމަލުކުރެވެމުންދާ އުޞޫލުގެމަތިން 1443 ވަނައަހަރުގެ މުޙައްރަމުގެ މަހުގެ 1 ވަނަ ދުހަކީ މިހިނގާ އޯގަސްޓުމަހުގެ 09 ވަނަ ދުވަސްކަމަށްވީތީ، 1443 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 10 ވަނަ ދުވަހަކީ، (ޢާޝޫރާ ދުވަހަކީ) މިހިނގާ އޯގަސްޓުމަހުގެ 18 ވަނަ ދުވަސްވާ ބުދަ ދުވަސް ކަމުގައެވެ.

އަދި އަހަރުފެށުމުގައި ޤައުމުތަކުގެ މެދުގައި ތަފާތުތަކެއް ހުރިނަމަވެސް ޢަމަލުކުރަންވާނީ އެބަޔަކު ދިރިއުޅޭ ތަނެއްގައި ޢަމަލު ކުރެވޭ އުޞޫލުގެމަތިންކަމަށް އެ ދެންނެވުމުގައިވެއެވެ.

މިހެން އިސްލާމިކް މިނިސްޓްރީން ދެންނެވިކަމުގައިވިޔަސް، އަހަރު ފެށުމުގައި ސަޢުދީ ޢަރަބިއްޔާ އާއި ނުވަތަ ރަމަޟާންމަސް ފެށުމުގައި ސަޢުދީ ޢަރަބިއްޔާ އާއި ތަފާތުވާ އަހަރުތައް އަޔަސް، ދުވަހަކުވެސް ޙައްޖުދުވަސް ސަޢުދީ ޢަރަބިއްޔާ އާއި ރާއްޖެއާއި ތަފާތުވުމެއް އައިސްފައެއް ނުވެއެވެ.

އިސްލާމިކް މިނިސްޓްރީ މިގޮތަށް ދެންނެވުމެއް ނެރެފައިމިވަނީ، މިފަހަރުގެ މުޙައްރަމު މަހުގެ 1 ވަނަ ދުވަސް ރާއްޖެއާއި ޚިލާފަށް ސަޢުދީ ޢަރަބިއްޔާއިން އިޢުލާނުކޮށްފައިވާތީވެ ދިވެހިންގެ މެދުގައި ޢާޝޫރާ ދުވަހާއިގުޅޭގޮތުން އެތައް ޝަކުވާތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close