ޚަބަރު

ސައުތު އެފްރިކާގައި ހިނގާދިޔަ ލޫޓުވުންތަކާއި ގުޅިގެން އެތައް ބަޔަކު ކާއެއްޗިއްސަށް ޖެހިއްޖެ

ސައުތު އެފްރިކާގައި ހިނގާދިޔަ ލޫޓުވުންތަކާއި ގުޅިގެން އެތައް ބަޔަކު ކާއެއްޗިއްސަށް ޖެހިއްޖެއެވެ.

ސައުތު އެފްރިކާގެ ކުރީގެ ރައީސް ޒޫމާ ހައްޔަރު ކުރުމާއި ގުޅިގެން އެ ޤައުމުގައި މީގެ 2 ހަފުތާއެއްހާ ދުވަސްކުރިން ހިންގަމުންދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ޢާންމުން ނުކުމެ އެ ޤައުމުގެ ފިހާރަތަކާއި ބޮޑަތި މޯލްތަކާއި ފެކްޓްރީތައް ލޫޓުވުމުގެ ސަބަބުން މިއަދު އެތައް ބަޔަކު ކާއެއްޗިއްސަށް ޖެހި މަގުތަކުގައި ކިއު ހަދައިފިއެވެ.

ރިޕޯރޓުތައް ބުނާގޮތުގައި ގިނަ ސަރަޙައްދުތަކެއްގެ ފިހާރަތައް ޢާންމުން ނުކުމެ ލޫޓުވުމުގެ ސަބަބުންވަނީ އެކަށް ހުސްވެފައެވެ.

ޒޫމާ ހައްޔަރުކުރުމާއި ގުޅިގެން އެ ޤައުމުގައި ކުރިޔަށް ދިޔަ ހަމަނުޖެހުންތަކާއި ލޫޓުވުމުގެ ކަންތައް ހުއްޓުވުމަށް އެ ޤައުމުގެ ސަލާމަތީ ބާރުތަކުންވަނީ ނުކުޅެދިފައެވެ. އެކަމަށްވަނީ ހަރުދަނާ ފިޔަވަޅުތައް ނޭޅިފައެވެ.

ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަގޮތުގައި އެތައް ބަޔަކު މަގުމައްޗަށް ނުކުމެ، ފިހާރަތަކަށް އަރައިގަނެ، އެތަންތަނުގައިވާ ހުރިހާތަކެތި ގެންދާތަން ފެނެއެވެ. އަދި ބައެއް ތަންތަނުގައި ހުޅުޖަހާ އަންދާތަންވެސް ފެނެއެވެ.

ސައުތު އެފްރިކާގައި ކުރިޔަށް ދިޔަ މި ހަޅުތާލަކީ މުޅި ދުނިޔެއަށްވެސް ލިބިގެންދިޔަ އިންޒާރެއްކަމަށް ރިޕޯރޓުތައް ބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close