ޚަބަރު

ކޮވިޑް-19 ޖެހުނު އިތުރު ދެ މީހަކު ރާއްޖެއިން ރަނގަޅުވެއްޖެ

ކޯވިޑް-19އަށް ޕޮޒިޓިވް ވެގެން ރާއްޖޭގައި ފަރުވާދެމުންދިޔަ މީހުންގެ ތެރެއިން ދެ މީހަކު ރަގަނޅުވެއްޖެކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯސްއިން ބުނެފިއެވެ.

ޓާސްކް ފޯސްއިން މިކަން ހާމަކުރެއްވީ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮވިޑް-19 ޓާސްކް ފޯސްގެ ޓެކްނިކަލް ޓީމްގައި ހިމެނިވަޑައިގެންނަވާ އައިޖީއެމްއެޗްގެ ޑޮކްޓަރ ޑރ. މުޢާޒް މޫސާ ވިދާޅުވީ ރާއްޖޭގައި ފަރުވާދެމުން ދިޔަ އިތުރު 2 މީހަކު ރަނގަޅުވެފައި ވުމުން ރަނގަޅުވީ މީހުންގެ ޢަދަދު 11 އަށް އަރާފައިވާ ކަމަށެވެ. އަދި މިހާރު ރާއްޖޭގައި ކޯވިޑް-19އަށް ފަރުވާދެމުން ދަނީ 3 މީހަކަށް ކަމަށްވެސް ޑރ.މުއާޒު ވިދާޅުވިއެވެ.

ރާއްޖެއިން އިއްޔެ ފުރައިންދިޔަ އިޓަލީ 2 މީހުން ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާކަން އެނގުނީ ކަރަންޓީނަށް ކަނޑައަޅާ މުއްދަތު ހަމަކޮށް ފުރުވާލިފަހުންކަމަށް ނޭޝަނަލް އެމެޖެންސީ ސެންޓަރުން ވަނީ ރޭ ވިދާޅުވެފައެވެ.

މިދެމީހުންނަކީ ރާއްޖެއައި އިޓަލީގެ ސަފާރީއެއްކަށްވާ އައިލެންޑް ސަފާރީގައި ތިބި ދެމީހެކެވެ. މިމީހުންނާމެދު އެޗްޕީއޭއިން ޢަމަލުކޮށްފައިވަނީ ދުނިޔޭގެ ކަމާއިބެހޭ ފަރާތްތަކުންވެސް މިކަމުގައި ޢަމަލުކުރަމުންދާ އުސޫލުުންކަމަށް އެފަރާތުން ވިދާޅުވެއެވެ.

ސަފާރީގައި ތިބި މީހުންގެ ތެރެއިން ފުރައިގެންދިޔަ އެންމެންގެވެސް ޓެސްޓްކޮށްފައި ވާކަމަށާ، އޭގެ ތެރެއިން 2 މީހަކު ފިޔަވައި އެންމެންގެ ނަތީޖާ ނެގެޓިވް ވެފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވިއެވެ.

އައިލެންޑް ސަފާރީގައި ތިބީ ޖުމުލަ 32 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 16 ގެސްޓުންނާއި، 16 ކްރޫއިންނެވެ. އެއީ 10 ބިދޭސީންނާއި، 6 ދިވެހިންނެވެ.

ރާއްޖެއިން އިއްޔެ ފުރައިންދިޔަ އިޓަލީ 2 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވިކަން އެނގުމުގެ ކުރިންވެސް މިސަފާރީން 2 މީހަކު ޕޮޒިޓިވްވެ، މިމަހުގެ 15ވަނަ ދުވަހުން ފެށިގެން އެދެމީހުން އައިސޮލޭޓްކޮށް ފަރުކޮޅު ފުށީފައި ދަނީ ފަރުވާދެމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close