ޚަބަރު

މީހަކު ގެއްލިގެން އާއްމުންގެ އެހީއަށް ފުލުހުން އެދިއްޖެ


މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދާ މީހަކީ ކ. މާލެ / ގ. ޑްރީމްހައުސް، ޙަސަން ރުޝްދުﷲ (53އ) އެވެ.

ފުލުހުން ބުނީ ވީނުވީއެއް ނޭނގި ގެއްލިގެން އެމީހާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ މާރިޗު މަހުގެ 23 ވަނަ ދުވަހުގެ ވަގުތެއްގައިކަމަށެވެ. އަދި ފުލުހުންނަށް މިކަން ރިޕޯޓްކުރުމާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ ހޯދިފައިނުވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ވަނީ ޙަސަން ރުޝްދުﷲ އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމަޢުލޫމާތެއް ފުލުހުންނަށް އެންގުމަށް އެދިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފުލުުހުން އޭނާގެ ގެއްލިގެން އާއްމުންގެ އެހީއަށް އެދިފައި މިވަނީ އާއިލާއިން ރިޕޯޓްކުރިތާ 27 ދުވަސްފަހުންނެވެ. މީގެކުރިންވެސް މިފަދަ ކަންކަމުގައި އާއްމުންގެ އެހީ ނުހޯދައި ގިނަ ދުވަސްތަކެއްވުުމުން ހިތާމަވެރި ކަންކަން ހިނގާފައި ވެސް އެބަހުއްޓެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close