ޚަބަރު

ނަފްރަތުގެ ބިލު މިވީ ބޮޑު ފަޟީހަތަކަށް – ޢަލީ ރަމީޒު

ނަފްރަތުގެ ބިލުގެ ސަބަބުން ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ ފަޟީހަތްވެއްޖެ ކަމަށް ސަލަފް ޖަމިއްޔާގެ ޕްރޮޖެކްޓް މެނޭޖަރ އަޚް ޢަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

“ސަރުކާރަށް ތާއީދު ކުރުން ހުއްޓާލީ ނަފްރަތުގެ ބިލު ފާސް ނުކުރުމުން: ނަޝީދު” މި ސުރުހީގެ ދަށުން ލިޔެފައިވާ ޚަބަރެއްގެ ސްކްރީންޝޮޓް ހިއްސާ ކުރައްވައި އަޚް ޢަލީ ރަމީޒު ވިދާޅުވީ ނަފްރަތުގެ ބިލުގެ ސަބަބުން އެމްޑީޕީން ފޮރުވައިގެން ތިބި އެތައް ކަމެއް ހާމަވެގެން ގޮސްފި ކަމަށެވެ.

“ނަފްރަތުގެ ސެކިއުލަރ ބިލު ވެގެން މިދިޔައީ ފޮރުވައިގެން ތިބި އެތައް ކަމެއް ކަޝްފުވެ، ހާމަވެގެން ދިޔަ ބޮޑުވެގެންވާ ފަޟީހަތަކަށް.” އަލީ ރަމީޒުގެ ޓްވީޓުގައިވެއެެވެ.

ރައީސް ނަޝީދު މިއަދު އިނގެރޭސިބަހުން ނެރުއްވި ބަޔާނެއްގައި ވަނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރާމެދު އެމަނިކުފާނު ހިތްހަމަޖެހިވަޑައިނުގަންނަވާކަން ދުނިޔެއަށް ހާމަކުރައްވައިފައެވެ.

ދީނީ ޕާޓީ، އަދާލަތުން ސަރުކާރުގެ ނިންމުންތަކަށް ނުފޫޒު ފޯރުވާ ކަމަށާއި، “ލާދީނީ” ގޮވުން ހުއްޓުވާ ބިލުވެސް ފާސްކުރީ އަދާލަތު ޕާޓީގެ ނުފޫޒުން ކަމަށް އެ ބަޔާނުގައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close