ޚަބަރު

“ހޯމް ސްޓޭ” އަކީ މިރާއްޖެއިން އިސްލާމްދީން އެއްކޮށް ނައްތާލުމުގެ މަކަރުވެރި އެޖެންޑާއެއް: ޢަލީ ރަމީޒް

ރާއްޖޭގައި ތަޢާރަފްކުރަން އުޅޭ “ހޯމް ސްޓޭ” ޕްރޮގްރާމަކީ ދުރު މުސްތަޤުބަލަކަށް އަމާޒުކޮށްގެން މިރާއްޖެއިން އިސްލާމް ދިން އެއްކޮށް ނައްތާލުމުގެ މަކަރުވެރި އެޖެންޑާއެއް ކަމުގައި ދީނީ ދައުވަތު ފެތުރުމުގައި ފުޅާދާއިރާއެއްގައި ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ޢަލީ ރަމީޒް ހާމަކޮށްފިއެވެ.

ހޯމް ސްޓޭ ތަޢާރަފްކުރަނީ ފަތުރުވެރިކަމުގެ ވިޔަފާރިއަށް ވަންނަން ބޭނުންވާ ދިވެހިންނަށް ފަހި ފުރުސަތެއް ހޯދައިދިނުމަށް ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ. އަންނަ މަހުގެ 1 ވަނަ ދުވަހު ހޯމް ސްޓޭ ތައާރަފްކުރުމަށް ޓޫރިޒަމް މިނިސްޓްރީން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

މިކަމާއި ގުޅިގެން އަލީ ރަމީޒު މިފަދަ ވާހަކަ އެއް ބުނެފައިވާއިރު ގިނަދީނީ ޢިލްމްވެރިން ގެންދަވަނީ މިކަމާ ދެކޮޅަށް އަޑުއުފުއްލަވަމުންނެވެ. އެގޮތުން ޝައިޚް ޒައިދު ވިދާޅުވީ މިހާރުވެސް ރަށްރަށުގައި ޓުވަރިސްޓުން ގޮސް ތިބޭއިރު ބަލަންޖެހޭ މިންވަރާއި ގާތަށްވެސް ނުބެލި، ދިވެހިންގެ އިސްލާމީ އަދި އިޖުތިމާއީ ފޭރާމަށް ބޮޑެތި ލޮޅުންތަކެއް އަންނަ މުންދާކަމަށެވެ. އިތުރަށް ޓުވަރިޒަމް ރަށްރަށުގައި ފުޅާކޮށް، ގޭގޭގައި ހިންގޭ އުސޫލުން ފުޅާ ކުރުމަކީ މިކަމުން ނޭދެވޭ އެތައްކަމެއް ކުރިމަތިވާނެ ކަމެއްކަމަށް ޝައިޚު ވިދާޅުވިއެވެ.

މިހާރު ތަޢާރަފްކުރަން އުޅޭ “ހޯމް ސްޓޭ” ޕްރޮގްރާމް އަކީ މިހާރުވެސް އެއްވެސް ވަރަކަަށް ނުބެލެހެއްޓޭ ގެސްޓްހައުސް ވިޔަފާރިއަށްވުރެ ނުބައިކޮށް ދާނެކަމެއްކަމެއްކަން ޔަގީނެވެ! މިއީ ދިވެހިންގެ އިސްލާމީ އިޖްތިމާޢީ ފޭރާން އިތުރަށް ބީވެގެންދާނެ ކަމެކެވެ! މައްސަލައަކީ ނުބެލެހެއްޓުމެވެ!

– ޒައިދު ވިދާޅުވިއެވެ.

ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު މ.ދިއްގަރުގައި ހޯމް ސްޓޭ ތައާރަފްކުރުމަށް ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ތައްޔާރުވެފައެވެ. ހޯމްސްޓޭ ޓުއަރިޒަމްގެ އިތުރުން، ސްޕޯޓްސް ޓުއަރިޒަމް، މައިސް ޓުއަރިޒަމް އަދި ކަލްޗަރަލް ޓުއަރިޒަމް ޕްރޮމޯޓްކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close