ސަލަފް ކިއު.އޭ ގެ ވަރަށް ޚާއްޞަ ޕްރޮގުރާމެއް މިރޭ ” މިއުޒިކް ހަމަ ޙަރާމްތަ ؟ “
ރާއްޖޭގެ މަޝްޙޫރު ދީނީ ޖަމްޢިއްޔާ ޖަމްޢިއްޔަތުއް ސަލަފުގެ ފަރާތުން ކުރިޔަށް ގެންދާ ސަލަފް ކިއު.އޭ ޕްރޮގުރާމުގައި މިރޭ ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ” މިއުޒިކް ހަމަ ޙަރާމްތަ ؟ ” މި މައުޟޫޢުގެ މައްޗަށް ކަމަށް އެ ޖަމްޢިއްޔާއިން ހާމަކުރައްވައިފިއެވެ.
މިރޭ 10:00 ގައި ކުލަބް އައުސް މެދުވެރިކޮށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަނީ ޝައިޚް އިމްރާން މުޙައްމަދު ޢަލީ އާއި ޝައިޚް މުޙައްމަދު ޝިނާނު އެވެ. އަދި ޕްރޮގުރާމް ހުށަހަޅައިދޭނީ ޖަމްޢިއްޔަތުއް ސަލަފުގެ ޕްރޮގުރާމް މެނޭޖަރ އަޚް ޢަލީ ރަމީޒް އެވެ.
މި ޕްރޮގުރާމުގައި ޝައިޚުންގެ ވާހަކަފުޅުގެ އިތުރުން، ބައިވެރިންނަށް ސުވާލު ކުރުމުގެ ފުރުޞަތުވެސް ހުޅުވާލެވޭނެކަމަށް ނާރެސްއަށް މަޢުލޫމާތު ލިބެއެވެ.
ޖަމްޢިއްޔަތުއް ސަލަފުގެ ފަރާތުން ކުރިޔަށް ގެންދަވާ ޕްރޮގުރާމުތަކުގައި ވަރަށްގިނަ ބަޔަކު ދަނީ ބައިވެރިވެ، ދީނީ މަޢުލޫމާތު އޮޅުންފިލުވަމުންނެވެ.
