އަންހެން ކުދިންނަށް ތަޢުލީމު ދިނުމަކީ ހުއްޓާލެވޭނެ ކަމެއް ނޫން – ޝައިޚް މުޖުތަބާ
އަންހެން ކުދިންނަށް ތަޢުލީމު ދިނުމަކީ ހުއްޓާލެވޭނެ ކަމެއް ނޫންކަމަށް ޖަމްޢިއްޔަތުއް ސަލަފުގެ ޢިލްމުވެރިއެއްކަމަށްވާ ޝައިޚް މުޖުތަބާ ޙަމީދު ވިދާޅުވެއްޖެއެވެ.
ޝައިޚް މިފަދައިން ވިދާޅުވެފައިވަނީ، ޖަމްޢިއްޔަތުއް ސަލަފުގެ ފަރާތުން ސްކޫލު ތަކުގެ އަންހެން ކުދިންނަށް ޚާއްޞަކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ވޯރކްޝޮޕަކަށް އެމް.ޑީ.އެން އިން ލާދީނީ ރިޕޯރޓް ނެރުނު ޝަހިންދާ އިސްމާޢީލް ޓްވީޓާގައި ފާޑު ކިޔާފައިވަނިކޮށް އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ.
” އަންހެން ކުދިންގެ ތަޢުލީމަށް ހުރަސް އެޅުމަށް އެމް.ޑީ.އެން އިން ލާދީނީ ރިޕޯޓް ނެރުނު މީހަކު އުޅުމަކީ ވެދާނެކަމެއް. އެފަދަ މީހުންނަކީ އިންސާނިއްޔަތަށް ހެޔޮ އެދޭނެ ބައެއްނޫން. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް އަންހެންކުދިންނަށް ތަޢުލީމު ދިނުމަކީ ހުއްޓާލެވޭނެ ކަމެއް ނޫން. ” ޝައިޚް މުޖުތަބާ މިއަދު ކުރެއްވި ޓްވީޓުގައި ވެއެވެ.
ޝަހިންދާ އެފަދައިން ޓްވީޓް ކުރުމުން ގިނަ ޢާއްމުން ދަނީ ޝަހިންދާ އަށް ފާޑުކިޔާ ރައްދު ދެމުންނެވެ.

