ޚަބަރު

އުއްތަމަ ފަނޑިޔާރު ޑރ.ޢަބުދުﷲ ދީދީ، ޖޭއެސްސީގެ ނަސޭޙަތުގެ ލިޔުމާއި ޙަވާލެއްނުވި

ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ އަށް ޖުޑީޝަލް ސަރވިސް ކޮމިޝަން ( ޖޭއެސްސީ) އިން ނަސޭހަތް ދިނުމުން ނަސޭހަތުގެ ލިޔުމާއި ޙަވާލުވެ ވަޑައެއް ނުގެންނެވިއެވެ.

އެލިޔުމާއި، ހަވާލުވެ ވަޑައިނުގަތުމުން އޭނާގެ އިތުރު މައްސަލައެއް ބެލުމަށް އެ ކޮމިޝަނުން ވަނީނިންމައިފިއެވެ.

އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބަލައި ތަހުގީގު ރިޕޯޓަަށް ރިޔާއަތް ކޮށް އޭނާ އަށް ފިޔަވަޅު އަޅައި ނަސޭހަތް ދޭން ޖޭއެސްސީން ނިންމާފައިވަނީ، މިދިޔަ ހަފްތާގެ އަންގާރަ ދުވަހުއެވެ. އަދި އެ މައްސަލާގައި ޖޭއެސްސީން އަމުރު ފޮނުވުމުން އެކޮމިޝަން ވަޑައިގަތުމަށް އުއްތަމަ ފަނޑިޔާރު ވަނީ އުޒުރުވެރިވެ ވަޑައިގެންފައެވެ. އެ މައްސަލަބަލެމުގެ އިހްތިޔާރު ޖޭއެސްސީ އަށް ލިބިގެންނުވާ ކަމަށް ބުނެ ޑރ. ދީދީ ވަނީ ބުދަ ދުވަހު ބަޔާނެއް ނެރެފައެވެ.

ޖޭއެސްސީން ބުނީ، ކޮމިޝަނުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހަގީގާ ހިލާފު ވާހަކަތަކެއް އާއްމުކުރުމަކީ، ކޮމިޝަންގެ ދުސްތޫރީ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމެއްގެ ގޮތުގައު ތުހުމަތު ކޮށްފައެވެ.

އެހެން ކަމުން އެކަމާއި ގުޅިގެން ޖޭއެސްސީން ވަނީ އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައެވެ. ޖޭއެސްސީން ވަނީ، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ އާއި ފަނޑިޔާރު ޢަބްދުﷲ އަރީފަށްވެސް ނަސޭހަތްދޭން ނިންމާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close