ޚަބަރު

މިއަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފި

އޯލެވެލް، އެސް.އެސް.ސީ އަދި އައިޖީއެސްސީ އިމްތިހާނު ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އިމްތިހާނުތަކުގެ ތެރެއިން އެސްއެސްސީ އިމްތިހާނުގައި މިއަހަރު 6،107 ކެންޑިޑޭޓުން ބައިވެރިވާ ކަމަށެވެ ފުރަތަމަ އިމްތިހާނުގެ ގޮތުގައި މިއަދު އޮތީ އިސްލާމް ކަރުދާސް އެކެކެވެ.

އެސްއެސްސީ އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު ކުރީ އަހަރާ ބަލާއިރު މިއަހަރު 444 ކެންޑިޑޭޓުން އިތުރެވެ. އަދި ކޭމްބްރިޖް އައި.ޖީ.އެސް.އީ އިމްތިޙާނުގައި މިއަހަރު 6698 ކެންޑިޑޭޓުން ބައިވެރިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.

މިގޮތުން ކުރީ އަހަރާ ބަލާއިރު އައިޖީއެސްއީ އިމްތިހާނުގައި ބައިވެރިވާ ކެނޑިޑޭޓުންގެ އަދަދު 759 އަކަށް އިތުރު ވެފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

އޯލެވެލް އެސްއެސްސީ އަދި އައިޖީއެސްއީ އިމްތިޙާންތައް ކުރިއަށްދާނީ 25 އެޕްރީލް 2023 އިން 8 ޖޫންގެ ނިޔަލަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close