ސަލަފްގެ މިހަފްތާގެ “ހަފްތާ ބަންދު ދަރުސް” ތައް އއ. މާޅޮހުގައި
ޖަމްޢިއްޔަތުއް ސަލަފުގެ ފަރާތުން ކޮންމެ ހަފްތާގެ އެއްގެވެސް ބަންދު ދުވަސްތައް ދަރުސް ދިނުމަށް ޚާއްޞަކޮށްފައިވަނީ އަތޮޅު ތެރޭގެ ރަށްތަކުގައެވެ.
އެގޮތުން މިހަފްތާގެ ދަރުސްތައް ކުރިޔަށްދަނީ އއ. މާޅޮހުގައެވެ.
ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ދަރުސްދެއްވުމަށް ހަމަޖެހިފައިވާ ހަފްތާ ބަންދު ދަރުސްގައި ރޭގައިވަނީ “މަރުވުމަށްފަހު…” މި މައުޟޫއަށް އަމާޒުކުރައްވައިގެން އއ.މާޅޮހު ރައްޔިތުންނަށް ވަނީ ދަރުސް ދެއްވާފައެވެ.
މިއީ އއ.މާޅޮހު ކައުންސިލާއި ސަލަފް ޖަމްޢިއްޔާއާއި ގުޅިގެން ކުރިޔަށް ގެންދިޔަ ޙަރަކާތެކެވެ.
ޖަމްޢިއްުޔަތުއް ސަލަފްގެ ފަރާތުން އަންނަނީ ރާއްޖޭގެ ރައްޔިތުންގެ ދީނީ ކަންކަން ވަރަށް ގާތުން ބަލައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި ދީނީ ކަންކަމަށް ހިތްވަރު ދިނުމުގެ ގޮތުން ތަފާތު ޕްރޮގުރާމްތައް ހިންގަމުންނެވެ.


