ވާހަކަ

ރަސްގެފާނާއި ޖާދޫގަރު( 7 ވަަނަބައި – ޖިންނިވާހަކަ ފުރަތަމަ ބައި)

ރަސްގެފާނާއި ޖާދޫގަރު( 7 ވަަނަބައި – ޖިންނިވާހަކަ)

(ކުރީގެ އަދަދާއި ގުޅޭ) ސިފައިން ރަސްގެފާނުގެ އަމުރަށް ބިންބާދު ސާހު އުޅޭ ކޮޓަރިއާއި ދިމާލަށް މިސްރާބު ޖަހައިފިއެވެ. ދޮންދޫނިގޮސް ބިންބާދު ސާހަށް މި ވާހަކަތައް ކިޔައިދިނުމުން ފުރަތަމަ ގަބޫލެއް ނުކުރިއެވެ. ނަމަވެސް ކޮޓަރީގެ ކުޑަދޮރުން ބޭރު ބަލާލިއިރު ސިފައިން ނިކަން ހަލުވި ކަމާއެކު އަންނާތީ ފެނުމުން އެކަން ގަބޫލު ކުރެވުނެވެ. އެވަގުގުތު ޖާދޫގެ މުތީގައި އޭނާ އަތުން ފިރުމާލިއެވެ. ހަމަ އެހިނދު ސިފައިން އައިސް ކޮޓަރީގެ ދޮރު ހުޅުވިއެވެ.

ކޮޓަރިތެރޭގައި އެކަކުވެސް ނެތެވެ. ލިބުނީ ހައިރާންކަމެކެވެ. ސިފައިން ބިންބާދު ސާހު ފިލާވަޑައިގެންނެވި ޚަބަރު  ރަސްގެފާނަށް ދެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް

ބިންބާދު ސާހު އެޝަހަރުން ނިކުމެގެން ޖާދޫގަރުގެ ޝަހަރަށް މިސްރާބު ޖެހިއެވެ. މިދަތުރުގައި އަނެއްކާވެސް ވަކިހިސާބަކުން ކުރިން ނުދެކޭފަދަ ތަފާތު ގަސްތަކުން ފުރިފައިވާ ޖަންގަންޔަކަށް ވަދެވުނެވެ. ބިންބާދު ސާހް ހައިރާންކަމާއިއެކު ގަސްތަކަށް ބަލަމުން އަސްދުއްވަމުން ދިޔައެވެ.

ބިންބާދުސާހު: “މިއީ ކުރިންނުދެކޭ ޒާތުގެ ގަސްތަކެއް. މިއީ ކުރިން އަހަރެމެން ދަތުރުކުރި މަގުތަ؟”

އަސް: “ލައްބަ ސާހިބާ..އެކަމަކު މި ޖަންގަލީގެ ގަސްތަކަށް މިވަނީ ކޮންމެވެސް ކަހަލަ ބަދަލެއް އައިސްފަ”.

ބިންބާދުސާހު: ” މިތަނުން ގަހެއްގެ ދޮށުގައި އަރާމުކޮށްލުމަށް މަޑުކުރަމާ”

އަސް: “މި ހިސާބަކީ ރައްކާތެރި ހިސާބެއްތޯ ބެލުމަށްފަހު ނޫނީ މިތަނުގައި މަޑުކުރުން ރަނގަޅެއް ނޫން.”

ބިންބާދުސާހު: “ޖަންގަލީގައި އޮތީ ކޮން ރައްކާތެރިކަމެއް. އަހަރެން ކުޑައިރުކޮޅަކަށް ނިދާލަންދެން…”

 ބިންބާދުސާހަށް ބުނެވުނީ އެހިސާބަށެވެ. ހުދު ދުންގަނޑެއް އެރުމަށްފަހު އަސް އަނެއްކާވެސް ކުޑަ ދޮންދޫންޏަކަށް  ބަދަލުވެލިއެވެ. ދެން އެހިސާބު ގަނޑުގައި އުދުހި ވަށައިގެންވާ މާހައުލުގައި މިނިކާ ޖަނަވާރެއް އުޅޭތޯ ބަލާ ހޯދިއެވެ. އެއްވެސް ދިރުންހުރި އެއްޗެއްގެ ހިލަމެއްވެސް ނެތެވެ.

އަސް: “ސާހިބާ މިގަސްތަކުގެ އަނެއްފަޅީގައި އެވާ ފެންގަނޑުގެ ކައިރިއަށް ދަމާ ހިނގާށެ. އޭރުން އެތަނުން ފެން ބޮއި ކާނެ އެއްޗެއް ލިބިދާނެ”.  

ބިންބާދުސާހު: “ތިޔައީ މާ ރަނގަޅު ގޮތެއް. މިހާރު ކާއެއްޗެއްގެ ވާހަކަ ދެއްކުމުން ބަނޑުހައިކަން އިހްސާސްކުރެވިއްޖެ!”

އަސް: “ދާޖޫގަރަށް އަހަރެމެން މިއުޅޭ ހިސާބު މިހާރު ފެންނާނެ.”

ބިންބާދުސާހު: ” ޖާދޫގަރު މިހާރު ހުންނާނީ އަހަރެންގެ އިންތިޒާރުގަ. މިއަދު މިތަނުގައި މަޑުކޮށްލުމަށްފަހު ފަތިސްވުމުން އަނެއްކާވެސް ދަތުރު ފަށާނީ”.

ފެންގަނޑުގެ ކައިރިއަށް ގޮސް ފެންފޮދެއް ބޯލިއެވެ. އެއީ ވަރަށް ރަހަމީރު ފެންގަނޑަކެވެ. ފެންގަނޑުގައި ތިންކުލަހުންނަ ވަރަށް ރީތި މަސްތަކެއް އުޅެއެވެ. މަސްހިފުމަށްޓަކައި ދާގަނޑުއެއްލިއެވެ. ކުޑައިރުކޮޅެއްފަހުން ދާގަނޑުނެގި އިރު ހައެއްކަ މަސް ދަލުގައި ޖެހިފައި އޮތެވެ. މަސްފިހަން ތައްޔާރުކޮށްލިތަނާ މަސްތައް ރޮއިގެންފާއި އެބަ ބުނެއެވެ.

ތިންކުލަމަސް: “ސާހިބާއެ މިއަދު އަހަރެމެންގެ މަރާނުލާ ދޫކޮށްލަދޭށެ. މާދަމާ އަހަރެމެން ކާލަން އަލުން އަހަރެމެން ފެންގަނޑަށް ދޫކޮށްލާށެ. މާދަމާ ޖިންނި އައިސް އަހަމެންގެ މަސްރަހަ މީރުކޮށް ބޮޑުވާނެ ގޮތް ހަދާނެ”.

ބިންބާދުސާހު: “ތިޔައީ ތެދެއްކަން އަހަރެން ޤަބޫލުކުރީ ކިހިނެތް؟”

ތިންކުލަމަސް: “ޖިންނި ވަނީ ދާޖޫދަރުގެ ގަނޑުވަރުން ވަގަށް ޖާދޫ ހެދުމަށް ގެންގުޅޭ ސާމާނު ނަގާފަ. ޖިންނި ދަރިންނަށް ކިޔައިދޭ ބައެއް ވާހަކަތަކުގައި ޖާދޫގަރުގެ ގަނޑުވަރަށް ވަދެ ވަގަށް ނެގި އެއްޗިހީވެ ވާހަކަވެސް ކިޔައިދޭ”

އަސް: ” ތިޔަ ދައްކަނީ ޖާދޫގަރުގެ ގަނޑުވަރުގެ ވާހަކަ. ކަލޯމެން ދޮގުހަދާނަމަ އެކަމުގެ އަދަބު ފަހުން ލިބޭނެކަން ހަދާންކުރާތި. ތިޔަ ވާހަކަ ދެއްކެނީ ކޮންބޭފުޅަކާކަން އެނގޭތަ؟

ތިންކުލަމަސް: ” ތިޔައީ މިޝަހާރާއި ޖެހިގެން އެވާ ޝަހަރުގެ ރަސްގެފާނުގެ ދަރިކަލުންނުންތޯ؟ ކުޑައިރު ޖަންގަލީގެ ތެރެއަށް ގެއްލުނު މަސްހޫރު ބިންބާދު ސާހު ނޫންތޯ؟

އަސް: ” ކަލޯމެންނަށް ސާހިބާ އެނގެންވީ ސަބަބެއް ނުވިސްނު”.

ތިންކުލަމަސް: ” މުޅި ޖަންގަލީގައި އެއްއަޑަކަށް “ބިންބާދުސާހު”ގެނަންފުޅު ގުގުމާފައި އެއްމަސްވަދެން ހުރި އިރު މިތަނުގެ ގަސްތަކަށްވެސް އެނަން ވަނީ ދަސްވެފައި ހެން ހީވޭ.. ސަމާސާ ރާގެއްގައި މަސްތައް ވާހަކަ ދެއްކިއެވެ.

ބިންބާދުސާހު: ” ވާހަކަ ބަދަލު ނުކުރަމާ….  ކަލޯމެން މާދަމާ އަހަރެންގެ ދަލުގައި ޖެހޭނެކަމެއް ނުވަތަ ދެން ބާކީ އުޅޭ މަސްތަކަށް އަހަރެންގެ ޚަބަރު ނުދޭނެ ކަމެއްގެ ކޮން ޔަޤީންކަމެއް އަހަރެންނަށް އޮތީ؟”

ތިންކުލަމަސް: “އަހަރެމެންނަކީ ވަޢުދާއި ހިލާފުވާނެ ބައެއް ނޫން. އެހެންނޫނަސް މާދަމާއަކީ ޖިންނި އަންނަ ދުވަސް. ޖިންނީގެ ކިބައިން އަހަރެމެން ސަލާމަތެއްނުވާނެ. އަނިޔާވެރިގޮތުގައި މަރުވުމަށްވުރެ ސާހިބާގެ ފަރިއްކުޅަކަށް އަހަރެމެން ހެއްދެވުން މާ ރަނގަޅުވާނެ.”

ބިންބާދުސާހު: ” ކޮން ޖިންނިއެއް؟ ކީއްވެ އަނިޔާވެރިގޮތުގައި މަރުވާން ޖެހެނީ؟” ހައިރާންކަމާއެކު އެއްސެވެ.

ތިންކުލަމަސް: ” ޖިންނީންގެ ސޯޅަ ދަރިންގޮވައިގެން ކޮންމެ ހަނދުމަހެއްގެ 14 ވިލޭރޭ މި ފެންގަނޑުގެ ކައިރިއަށް އައިސް އެޖިންނީގެ ދަރިންނަށް ވާހަކަ ކިޔައިދީ މިތަނުގައި ވަގުތު ހޭދަކުރާނެ. ވާހަކަ ކިޔައިދޭ ގަނޑީގައި އަހަރެމެން ހިފައި އަނިޔާކޮށް ކުޅިވަރުކުޅެ އެންމެ ފަހުން ކައި ކަށިތައް މިފެންގަނޑުގެ ތެރެއަށް އުކާފަ މިތަން ހަޑިކޮށްފަ ދާނީ..” މަސް ވަރަށް ދެރަވެފައި ޝަކުވާގެ ރާގުގައި ކިޔައިދިނެވެ.

 އެންމެފަހުން މަސްތަކުގެ އާދޭސް އަޑުއެހުމަށްފަހު މަސްތައް ނުކައި ފެންގަނޑުގެ ތެރެއަށް ދޫކޮށްލިއެވެ. އަދި އެތާހުރި ގަހަކުން ޖާތެއްގެ ރަތްކުލައިގެ މޭވާއެއް ބިނދެގެން ރޭނގަޑުގެ ކެއުމުގެ ކަންކަން ނިންމާލިއެވެ. މަސްތައް ދެއްކި ވާހަކަ އަޑުއެހުމަށްފަހު ބިންބާދުސާހު އޭނާގެ ޖާދޫގެ އަހާއި މަޝްވަރާކުރިއެވެ. އަދި ޖިންނިކަންކުރާ ގޮތެއް ބެލުމަށާއި ޖިންނި ކިޔައިދޭ ވާހަކަ އަޑުއެހުމަށް ޖިންނި އަންނާނެ ދުވަހަކަށް މަޑުކުރަން ނިންމިއެވެ.

 ރެއަކީ އެމަހުގެ ސާދަވިލޭރޭކަމުން ހަނދުވަރު ވަރަށް ތޫނެވެ. މުޅިހިސާބު ވަނީ ހަނދުވަރުގެ އަލިން ޖަރީވެފައެވެ. ޖިންނިވެސް އެސޮރުގެ ދަރިންކޮޅު ގޮވައިގެން އެ ހިސާބަށް އައުމަށް ދަތުރު ފަށައިފިއެވެ. ބިންބާދުސާހު ޖާދޫގަރު ދަސްކޮށްދީފައިވާ ހުރި ޖާދޫގެ އެހީގައި ޖިންނިތަކަށް ފިލޭނެގޮތް އިންތިޒާމުކުރިއެވެ. އަދި ފެންގަނޑު ރީތިކޮށް ފެންނަ ހިސާބެއްގައި އަހާއިއެކު ޖިންނީގެ އަންނާނެ ވަގުތަކަށް މަޑުކޮށްލައިގެން ތިއްބެވެ.   (ނުނިމޭ)

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close