ސުވާލުކުރާ ޖަމަލު (ކުޑަކުދިންގެ ވާހަކަ 13)
ސަހަރާތެރޭގައި ދިރިއުޅެމުން މާބަނޑު ޖަމަލެއް ކާނެ އެއްޗެއް ހޯދުމަށް ހިނގާލަން ނިކުތެވެ. މިހެން އުޅެނިކޮށް އެހިސާބަށް އައި ބަޔަކަށް މި ޖަމަލު ފެނިއްޖެއެވެ. އަދި ނިކަން ބާރަށް ދުވެފައި އަންނަ ތަން ފެނުމުން ޖަމަލުވެސް އަވަސް އަވަހަށް އެމީހުންގެ ކިބައިން ސަލާމަތް ވެވޭތޯ ދުވަންފެށިއެވެ. އެކަމަކު މާ ދުރަކަށް ނުދެވުނެވެ. އެމީހުން އައިސް އެ ޖަމަލު ހިފާހައްޔަރުކުރިއެވެ..
ދުވަސްތަކެއް ފަހެވެ. ޖަމަލު ވިހާ ގަދަވެއްޖެއެވެ. މިހާރު އޭގެ ފަހުން އެއް އަހަރު ވެދާނެއެވެ. ކުޑަޖަމަލަށް ހޭލުވުމާއެކު މަންމަ ޖަމަލު ކުރެން އޮޅުން ފިލުވަން ބޭނުން އެތައް ސުވާލެއް ހޯދާފިއެވެ. ” މަންމާ! އަހަރެން ސުވާލެއް ކޮށްލަންތަ؟” މަންމަ ޖަމަލު ބުންޏެވެ. “ހޫން.. ކޮށްލަބަލަ. ކިހިނެތް ވީ އަނެއްކާ؟ ދަރިފުޅު ކޮން ކަމަކާތަ ތި ވިސްނަނީ؟”
” ޖަމަލުގައި ބުރަކަށީގައި ގޮންގަނޑެއް ހުންނަނީ ކީއްވެ؟” މަންމަ ޖަވާބުގައި ބުންޏެވެ. ” ހޫން…ޖަމަލަކީ ސަހަރާގައި ދިރިއުޅޭ ޖަނަވާރެއްވީމަ. އަހަރެމެން ބަނޑުހައިވުމުން، ނުވަތަ މާބޮޑަށް ފެންބޮވައިގަތުމުން، އެއަށް ބޭނުންވާ ބައި ހޯދުމަށްޓަކައި، ގޮންގަނޑުގައި ރައްކާކުރެވިފައިވާ ސަރުބީ ކާނާއަށާއި ފެނަށް ބަދަލުކުރެވޭނެ. މިކަމުގެ ސަބަބުން، ނުކައި ނުބައި، އެތައް ދުވަހަކު އުޅުމުގެ ފުރުޞަތު އަހަރެމެންނަށް ލިއްބައިދެއެ.”
އަނެއްކާވެސް ކުޑަ ޖަމަލު ވާހަކަ ދެއްކިއެވެ. ” އެންމެ ރަނގަޅު! ދެން ކީއްވެ އަހަރެމެންގެ ފައި އެހާ ދިގުވެފައި ފައިތިލަ ވައްކޮށް ހުންނަނީ؟” މަންމަ ޖަމަލު ހީލިއެވެ. ” ދަރިފުޅާ! އެއީ އަހަރެމެންނަށް ސަހަރާގައި ހިނގަން ފަސޭހަކަށް. ދަރިފުޅަށް އެނގޭތަ؟ މި ފައިގެ ސަބަބުން އަހަރެމެންނަށް ސަހަރާތެރޭގައި އެހެން ދިރޭއެއްޗިއްސާއި މީހުންނަށް ވުރެ ފަސޭފައިން ހިނގާ ބިނގާވެ އުޅެވޭކަން!”
ކުޑަ ޖަމަލު އަނެއްކާވެސް ސުވާލެއް ކޮށްލިއެވެ. ” އެންމެ ރަނގަޅު. ތިހެންވިއްޔާ ބުނެބަލަ. ކީއްވެތަ އަހަރެމެންނަށް މިހާ ދިގު އެސްފިޔަތަކެއް ލިބިފަ މިވަނީ؟” މަންމަ އަނެއްކާވެސް ވަރަށް ފަޚުރެވިކަމާއެކު ބުންޏެވެ. ” މަންމަގެ ދަރިފުޅާ! މި ދިގު އެސްފިޔަ ތަކަކީ ދަރިފުޅުގެ ލޮލުގެ ރައްކާތެރިކަމެ. އޭގެ ސަބަބުން ސަހަރާގެ ވެއްޔާއި ގަދަ ވައިން ދަރިފުޅުގެ ލޯ ސަލާމަތް ކޮށްދޭ.”
ކުޑައިރުކޮޅަކު ކުޑަ ޖަމަލު ވިސްނަން އޮވެފައި ބުންޏެވެ. ” އެހެންދޯ އެވަނީ.. އެހެންވީމާ ޖަމަލުގެ ގޮށްގަނޑުގެ ބޭނުމަކީ ސަހަރާތެރޭގައި އުޅޭއިރު ގިނަދުވަހަށް ފެން ރައްކާކުރުން. ފައިގެ ބޭނުމަކީ ސަހަރާތެރޭގައި ހިނގުން. އަދި މި ދިގު އެސްފިޔަތަކަކީ ސަހަރާގެ ވެއްޔާއި ވައިން ސަލާމަތް ވުން. ވީ އީރު އަހަރެމެން މި ޖަނަވާރުންތައް ގެންގުޅޭ ކޮށީގައި ދިރިއުޅެނީ ކީކުރަން ހެއްޔެވެ؟ (ނިމުނީ)
ޢިބްރަތް: ޢިލްމާއި ހުނަރާއި ޤާބިލްކަމާއި އަދި ތަޖުރިބާގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރެވޭނީ އެމީކަށް ނުވަތަ އެ އެއްޗަކަށް އެކަށީގެންވާ މާހައުލެއްގެވެ.