ޚަބަރު

ނަފްރަތުގެ ޢަމަލު ހުއްޓުވުމުގެ ނަމުގައި ހުށަހަޅާފައިވާ ބިލާއި ދެކޮޅަށް ނ.އަތޮޅުގެ މަދަނީ ޖަމްޢިއްޔާތަކުން ބަޔާނެއް ނެރެފި

ނަފްރަތުގެ ޢަމަލު ހުއްޓުވުމުގެ ނަމުގައި ދިވެހި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްކުރުމަށް ގޮވާލާ ނ.އަތޮޅުގައި ހިމެނޭ 12 މަދަނީ ޖަމްޢިއްޔާއެއް ގުޅިގެން ބަޔާނެއް ނެރެފިއެވެ.

އިއްޔެގެ ވަގުތެއްގައި ނ.އަތޮޅުގެ މަދަނީ ޖަމްޢިއްޔާތަކުން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ، ދިވެހި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލާއި ދެކޮޅަށް ގިނަ ޢަދަދެއްގެ ރައްޔިތުންނާއި ރާއްޖޭގެ އެތައް ދަންނަބޭކަލުންނާއި އަދި ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ބައެއް ސިޔާސީ ޕާޓީތަކުން ކަންބޮޑުވުން ފާޅުކުރަމުންދާކަން އެ ޖަމްޢިއްޔާތަކަށްވަނީ ފާހަގަ ކުރެވިފައި ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، އެ ޖަމްޢިއްޔާތަކުން ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެ ބިލު ފަރުމާކުރެވިފައިވާ ގޮތުން ދީނުގެ މުހިއްމު އެއް އަސާސްކަމުގައިވާ، މުންކަރާތްތައް ނަހީކުރުމުގެ ދޮރު ބަންދުވެގެންދާކަމަށާއި އެ ބިލުގެ ސަބަބުން އިސްލާމްދީނާއި ޢަދާވާތްތެރި އެމް.ޑީ.އެން ފަދަ ފަރާތްތަކަށް ހިމާޔަތްލިބި، އެފަދަ ފަރާތްތަކާއި ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުގެ އަސާސީ ޙައްޤެއް ނިގުޅައި ގަނެވިގެންދާކަމަށެވެ.

އަދި އިސްލާމްދީނުގެ އަސްލަކާއި ޚިލާފު ނުވާނެ ގޮތެއްގެ މަތިން ޚިޔާލް ފާޅުކުރުމުގެ މިނިވަންކަން އެ ބިލުގެ ސަބަބުން ހަނިކުރެވިގެންދާކަންވެސް އެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.

ބަޔާން ނިންމާލައިފައިވަނީ، އެފަދަ ބިލުތަކަށްވުރެ ރައްޔިތުންނަށް ލާބައާއި މަންފާކުރުވަނިވި ބިލުތަކާއި ޤާނޫނުތައް ފަރުމާކޮށްދެއްވުމަށް މަސައްކަތްކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ.

މި ބަޔާން ނެރެފައިވަނީ، ހޮޅުދޫ އިސްލާމިކް މޫވްމަންޓް (ނ.ހޮޅުދޫ) އާއި ސްމާޓް ސޮސައިޓީ (ނ.މަނަދޫ) އާއި ލައިފް ޖަމްޢިއްޔާ (ނ.ލަންދޫ) އާއި މަނަދޫ ވިލަރެސް ކްލަބް (ނ.މަނަދޫ) އާއި މަގޫދޫ އެސޯސިއޭޝަން ފޯ އޯލް (ނ.މަގޫދޫ) އާއި ސޮސައިޓީ ފޯ ޔޫތް ރިކްރިއޭޓިންގ ޔޫނިއަން އޮފް ޕެޓްރިއަޓްސް (ނ.މަނަދޫ) އާއި ޕާތް އޮފް އިސްލާމް (ނ.ވެލިދޫ) އާއި މަރސިފުލް ސޮސައިޓީ (ނ.ކެނދިކުޅުދޫ) އާއި ސޮސައިޓީ ފޯ މާފަރު ޑިވެލްޕްމެންޓް (ނ.މާފަރު) އާއި މާފަރު ޔޫތް އެސޯސިއޭޝަން (ނ.މާފަރު) އާއި ނިދާއުލް އިސްލާމް (ނ.ފޮއްދޫ) ގެ އިތުރުން ހެނބަދޫ އިސްލާމިކް އެސޯސިއޭޝަން (ނ.ހެނބަދޫ) ގުޅިގެންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close