ޚަބަރު

ކާނަލް ނަޝީދާއި އަލަމްގިރީގެ ޕާސްޕޯޓު ހިފަހައްޓައިފި


ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި، ރާއްޖޭގެ ގިނަ އަދަދެއްގެ ސިޔާސީ ބޭފުޅުންނާއި އިތުރު އެތައް ބަޔަކާއެކީ އެއްޖިންސުން ގުޅުން ހިންގާ އަދި ބަދު އަޚްލާގީ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ބަންގަލަދޭޝް މީހާ އަލަމްގިރީގެ ޕާސްޕޯޓު ފުލުހުން ހިފަހައްޓައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެމީހުންގެ ޕާސްޕޯޓު ހިފަހައްޓާ ދެމީހުންގެ ތަހުގީގުވެސް މިހާރު ދަނީ ކުރިޔަށެވެ. އެހެންނަމަވެސް ކާނަލް ނަޝީދު ތަހުގީގަށް ފުލުހުންގެ މުވައްސަސާއަށް އަދި ހާޒިރު ކޮށްފައި ނުވިނަމަވެސް، ބަންގްލަދޭޝް މީހާ އަލަމްގިރި މިހާރުވަނީ ތަހުގީގަށް ޕޮލިހަށްވެސް ހާޒިރު ކޮށްފައެވެ.

މިިތުހުމަތު ތަކާއި ގުޅިގެން ކާނަލް ނަޝީދު ވިދާޅުވީ އޭނާ އަލަމްގިރި ކޮޓަރިއަށް ވަޑައިގެންނެވީ ވިޔަފާރީގެ މުއާމަލާތެއް ކުރެއްވުމަށް ކަމުގައެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝް ރައްޔިތެއް ކަމުގައިވާ އަލަމްގިރި އާއެކު އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި މީގެ ކުރިން ފުލުހުން ވަނީ، ކުރީގެ ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުވެސް ޕޮލިހަށް ހާޒިރު ކޮށްފައެވެ.

ފުލުހުން ޕާސްޕޯޓު ހިފަހައްޓާފައިވާ ކާނަލް ނަޝީދު މީގެކުރިން ވިދާޅުވެފައިވަނީ، އޭނާ އަލަމްގިރިގެ ކޮޓަރިއަށް ދިޔަމަކަށާއި އެހެންނަމަވެސް އެއްވެސް ކަހަލަ ބަދުއަޚްލާގީ އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ. އަދި އޭނާ އެކޮޓަރިއަށް ދިޔައީ ވިޔަފާރި ބައްދަލުވުމަކަށް ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ފަހުން އޭނާ ވިދާޅުވެފައިވަނީ މިއީ އިމްތިހާނެއް ކަމަށާއި، ކެތްކުރާނޭ ކަމުގައެވެ.

ފުލުހުން މީގެ ކުރިން ވިދާޅުވެފައި ވަނީ، ފުޅަދާއިރާގައި ބްލެކްމެއިލްކުރުމާއި އެއް ޖިންސުން ގުޅުންހިންގުމާއި ގުޅުންހުރި މައްސަލަތައް މާޗްމަހުން ފެށިގެން ފުލުހުންގެ ސަމާލުަކމަށް އައިސްގެން ތަހްގީގްކުރަމުން އަންނަކަމަށެވެ.

ސަރުކާރުގެ އިސް ފަރާތްތަކާއި ގުޅުންހުރި ބައެއްގެ ބަރަހަނާ ފޮޓޯތަކާއި، އެއް ޖިންސުން ގުޅުންހިންގާ ފޮޓޯއާއި ވީޑިއޯތަކެއް އަންނަނީ ދައުރުވަމުންނެވެ. އެގޮތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އެއްޖިންސުން ގުޅުންހިންގާ ކަމަށް ބުނާ ވީޑިއޯގެ މައްސަލާގައި އޭނަގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ. އަދި އެމްޑީޕީގެ ޕީޖީ ޑެޕިއުޓީ ލީޑަރު އަނދުން ހުސައިން ކަމަށް ބުނާ މީހަކު އިތުރު ބަޔަކާއެކު ބަރަހަނާކޮށް ތިބޭ ފޮޓޯއެއްވެސް އަންނަނީ ދައުރުވަމުންނެވެ. މިނޫނަސް ބައެއް މީހުން އެއްޖިންސުން ގުޅުންހިގާކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close