މަލާލާ ޔޫސުފްޒާއީ ޕާކިސްތާނުގެ ވިޔަފާރި ވެރިއަކާ ކައިވެނިކޮށްފި
މަލާލާ ޔޫސުފްޒާއީ ޕާކިސްތާން ކްރިކެޓް ބޯޑުގެ ޖެނެރަލް މެނޭޖަރު ހައި ޕާފޯމަންސްގެ ވަޒީފާ އަދާކުރަމުން އަންނަ ވިޔަފާރިވެރިއެއް ކަމަށްވާ އަސީރު މަލިކް އާ ކައިވެނިކޮށްފިއެވެ.
ނޯބެލް އިނާމު ލިބިފައިވާ މަލާލާ ޔޫސުފްޒާއީގެ ކައިވެނީގެ ހަފްލާ އޮތީ ބާމިންގްހަމްގައެވެ.
ޓުވިޓާގައި މަލާލާ ވަނީ އޭނާގެ ކައިވެނި ފޮޓޯތައް ހިއްސާކޮށްފައެވެ. އަދި މިއީ އޭނާގެ ހަޔާތުގައި މުހިންމު މުނާސަބަތެއް ފާހަގަ ވެގެން ދިޔަ ދުވަހެއް ކަމަށް ވެސް ބުނެފައިވެއެވެ.
އަސީރާއި އަހަރެން ގުޅުނީ ހަޔާތުގެ ބައިވެރިއަކަށް ވުމަށް. އަހަރެމެން އާއިލާއާއެކު ބާމިންގްހަމްގައި ގޭގައި ކުޑަ ނިކާހް ހަފްލާއެއް ފާހަގަކުރީ. އަޅަމެންނަށް އިބަރަސްކަލާނގެ ރަޙްމަތް ލައްވާށިއެވެ. ޙަޔާތުގެ ދުވަސްތައް އެކުގައި ވޭތުކޮށްލަން ލިބުމަކީ އަހަންނަށް ލިބޭ ހިތްވަރެއް، ޓްވިޓާގައި ލިޔެފައިވެ އެވެ.
މަލާލާ ކައިވެނި ކުރީ ޕާކިސްތާން ކްރިކެޓް ބޯޑުގެ ޖެނެރަލް މެނޭޖަރު ހައި ޕާފޯމަންސްގެ ވަޒީފާ އަދާކުރަމުން އަންނަ ވިޔަފާރިވެރިއެއް ކަމަށްވާ އަސީރު މަލިކް އާ އެވެ.

