ޚަބަރު

ޤާނޫނުލްޢުޤޫބާތަށް ހުށަހަޅާފައިވާ އިޞްލާޙާ ދެކޮޅަށް ގިނަ ކައުންސިލުތަކަކުންނާއި ޖަމްޢިއްޔާތަކަކުން ބަޔާން ނެރެފައިވަނިކޮށް ބިލް ކޮމިޓީއަށް ފޮނުވައިފި

ޤާނޫނުލްޢުޤޫބާތަށް ސަރުކާރުން އިސްލާޙު ގެނައުމުގެ ނަމުގައި ހުށަހަޅާފައިވާ އިޞްލާޙާ ދެކޮޅަށް 31 ކައުންސިލަކުންނާއި 3 ޖަމްޢިއްޔާއަކުން ބަޔާން ނެރެފައިވަނިކޮށް އިއްޔެވަނީ އެ ބިލް ބަލައިގަނެ ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވާފައެވެ.

ސަރުކާރުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލު ބަލައިގަންނަން ފާސްކުރީ 38 މެންބަރުންގެ ވޯޓުންނެވެ. މި ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 17 މެންބަރަކު ވޯޓު ދެއްވިއެވެ.

ބިލު ބަލައިގަންނަން ފާސްވުމުން ބިލު ދިރާސާ ކުރަން ފޮނުވީ ޖުޑިޝަރީ ކޮމިޓީއަށެވެ.

އެ ބިލަކީ “ލާދީނިއްޔަތު” ފެތުރުމުގެ ޖާގަ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ބިލެއްގެ ގޮތުގައި ސިފަކޮށް ގިނަ ބަޔެއްގެ ކަންބޮޑުވުމާއި ފާޑުކިއުންތައް މި ބިލަށް އަމާޒުވެގެން ދިޔައެވެ.

ރާއްޖޭގެ މަޝްޙޫރު ދީނީ ޖަމްޢިއްޔާ ކަމުގައިވާ ސަލަފު ޖަމްޢިއްޔާއިންނާއި ދީނީ ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުންވެސް ދަނީ ކެނޑިނޭޅި މި ބިލާއި މެދު ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close