ޚަބަރު

މިސަރުކާރުގައި އިންސާފު ނުލިބުނަސް ޕީޕީއެމްގެ ސަރުކާރެއްގައި ނަޝީދަށް އިންސާފު ހޯދައިދޭނަން – ޝިޔާމް

ރައީސް ނަޝީދުގެ ފުރާފުނު ދުއްވާލުމަށް އަމާޒުކޮށް މިދިޔަމަހުގެ 6 ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ރައީސް ނަޝީދަށް އިންސާފުހޯދައިދިނުމުގެ މިސަރުކާރު ނުކުޅެދިފައިވާ ކަމަށާއި، މިސަރުކާރުގައި އިންސާފު ނުލިބުނަސް ޕީޕީއެމްގެ ސަރުކާރެއްގައި އެމަނިކުފާނަށް އިންސާފު ހޯއްދަވައިދެއްވާނެކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސީއެންއެމް އިތުރުކާފު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެމްބަރު ޝިޔާމް ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ކޮންމެ ޕްލެޓްފޯމެއްގައި ވެސް ކުށްވެރިކުރާނެ ކަމަށާއި މި ސަރުކާރުން ނަޝީދަށް އިންސާފު ހޯދައިނުދީފިނަމަ ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް)ގެ ސަރުކާރެއްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިންސާފު ހޯދައިދޭނެ ކަމަށެވެ.

“މި ސަރުކާރުން ރައީސް ނަޝީދަށް އިންސާފު ހޯދައި ނުދީފިއްޔާ، އަޅުގަނޑުމެންގެ ސަރުކާރުން ރައީސް ނަޝީދަށް އިންސާފު ހޯދައިދޭނަން، ހޯދައިދޭނެ” ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާރު މަޖިލީހުގެ 241 ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީ އަށް ތާއީދުކުރައްވާ ކަމަށެވެ. އަދި ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމުގެ ބަދަލުގައި އެ ކޮމިޓީން އެ މައްސަލަ ބަލަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޒަމީލްގެ މައްސަލަ ކޮމިޓީ އަށް ހުށަހެޅީ ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހިންގާ ޕާލަމެންޓްރީ އިންކުއަރީ އަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް ބުނެ މަޖިލީހަށް ފޮނުވި ސިޓީގައި އޭނާ ސޮއިކޮށްފައިވާތީއެވެ.

ޝިޔާމް ވިދާޅުވީ މަޖިލީހުގެ ވަކި ކޮމިޓީއަކުން އެގޮތަށް ކަންތައް ކުރުމަކީ އިންސާފު ހޯދައިދިނުމަށް މަޖިލީހުން ފެށި މަސައްކަތުގެ ރޫހު ގެއްލިގެން ދިޔަ ކަމެއް ކަމަށެވެ.

https://www.facebook.com/190524761049075/videos/536414874199144

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close