ޚަބަރު

ކޮވިޑްގެ ހާލަތުގައި ޗީފް ޝަމާލް ލަވަ ވިދާޅުވާން ހުންނެވުމުން ގިނަބަޔަކަށް އެކަން މައްސަލައަކަށް ނުވި

ކޮވިޑް-19 އަށް ރާއްޖެ އިން ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، ގައުމުގެ ހާލަތު ގޯސްވެފައި ވަނިކޮށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ސިފައިންގެ ޖެނެރަލުންނާއިއެކު ކަރޯކޭ ޖައްސަވަން ހުންނެވި ވީޑިއޯއެއް އާއްމުވުމުން ބައެއްގެ ފާޑުކިޔުން އަމާޒުވިޔަސް ގިނަބަޔަކަށް އެކަން މާބޮޑު މއައްސަލައަކަށް ނުވިއެވެ.

އާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ ޖެނެރަލް ޝަމާލް އާއި ބްރިގޭޑިއާ ޖެނެރަލް ވައިސް ވަހީދު ކަރޯކޭ އަށް ލަވަ ވިދާޅުވަމުންދާ މަންޒަރެވެ. ޗީފް ޝަމާލް އާއި މެރިންކޯގެ ކޮމާންޑް ވައިސް ވަހީދު އެކަނި ޢާޢްމުވި ވީޑިއޯ އިން ފެނުނު ކަމުގައިވިޔަސް އެތަނުގައި އިތުރު ސިފައިން ތިބި ކަން ވީޑިއޯ އިން އިވޭ އަޑުތަކުން އެނގެއެވެ. ލަވަ ކިޔުން ކުރިއަށް ގެންގޮސްފައި ވަނީ ވެސް ސިފައިންގެ މަރުކަޒެއްގައެވެ.

https://www.facebook.com/100003467211663/videos/3778843535574516/

ފާޑުކިޔާ މީހުން ބުނާ ގޮތުގައި މިއީ ޝަމާލް އާއި ސިފައިންގެ އިސްވެރިން ކަރޯކޭ ޖައްސާ ވަރަށްވުރެ ގައުމުގެ ހާލަތު ގޯސްވެފައިވާ ވަގުތެކެވެ.

“ގައުމާއި މެދު ވިސްނާލާ، ހާލަތު ރަނގަޅު ކުރަން މަސައްކަތް ކުރައްވަން ވީނޫންތޯ. ކޮންމެ ދުވަހަކު އެތައް ބައެއްގެ ފުރާނަ ގެއްލެމުން ދާއިރު އެތައް ބަޔަކު މިތިބީ ފުން ހިތާމައެއްގައި. އެކަމަކު ގައުމުގެ ވެރިން ލަވަ ކިޔުމާއި މަޖާ ކުރުމުގައި.” މީހަކު ކުރި ކޮމެންޓެއްގައި ބުނެފައި ވެއެވެ.

އިތުރު މީހަކު ބުނީ އެތައް ބަޔަކު ނިޔާވެ، އެތައް ބައެއްގެ ވަޒީފާ ގެއްލި، އާމްދަނީއަށް އަސަރު ކުރަމުން ދާއިރުވެސް ގައުމުގެ ކަންކަމާއި ހަވާލުވެ ތިބި ވެރިންނަށް މުހިއްމީ ލަވަކިޔުން ކަމަށެވެ.

“މިއޮތީ ގައުމުގެ ހާލަތު. ބޮޑު ކާރިސާއެއްގެ ތެރޭގައި ގައުމު އޮތް އިރުވެސް މައްސަލަތައް ހައްލު ކުރަން ތިބި މީހުންގެ ހާލަތު މިއީ. ދެން ކަންކަން ރަނގަޅު ކުރާނީ ކިހިނެއް.” ހުސެން އަދުހަމް ކިޔާ މީހަކު ކުރި ޓްވީޓެއްގައި ބުންޏެވެ.

ޗީފް ޝަމާލް އާއި ވައިސް ވަހީދު ލަވަކިޔަން ތިބި ވީޑިއޯ އާއްމުވުމުން އެކަމަށް ތާއިދުކޮށް ވެސް ބައެއް ފަރާތްތަކުން އަންނަނީ ޓްވީޓް ކުރަމުންނެވެ. އެގޮތުން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އެލެކްސް އަހްމަދު އެކައުންޓުން ކުރި ޓްވީޓެއްގައި ބުނީ ސިފައިން ލަވަ ކިޔުމަކީ މައްސަލައެއް ނޫން ކަމަށެވެ.

އަދިވެސް އެތައްބަޔަކު މިކަމަކީ މައްސަލައެއް ނޫންކަމަށް ބުނެ ކޮމެންޓް ކޮށްފައިވެއެވެ.

“ކޮބައިތަ މައްސަލަ އަކީ ސިފައިންވެސް ބޯހަމަޖައްސަން ވާނެ، އެމީހުން އަބަދު ޑިއުޓީގައި ތިބުން ލާޒިމެއްނޫން، އެއީވެސް ހަމަ އަހަރެމެންކަހަލަ އިންސާނުން. ” މީހަކު ކުރި އެފްބީ ކޮމެންޓެއްގައި ވެއެވެ.

ސިފައިންނާއި، ފުލުހުން ޤައުމުގެ ދިފާޢުގައި އަދި ޚާއްޞަކޮށް ކޮވިޑްގެ މިބަލިމަނޑުކަމުގެ ތެރޭގައި ރައްޔިތުންގެ ޚިދުމަތުގައި ރެޔާއިދުވާލު އެއްވެސް ވަރުބަލިކަމެއްނެތި ޑިއުޓީގައި ތިއްބަވާކަމީ އެންމެން ދަންނަ ޙަޤީޤަތެކެވެ. ސަލާމަތީ ބާރުތަކުން މިވަގުތު ފަރުވާކުޑަކޮށްލައިފިނަމަ މިއަށްވުރެ ހާލަތު ގޯސްވެ ބޮއްސުން ލައިފާނެ ކަމަށް ގިނަބަޔަކު ބުނެއެވެ.

އާއްމުވެފައިވާ ވީޑިއޯ އާއި ގުޅިގެން އެމްއެންޑީއެފް އިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

އެއް ކޮމެންޓް

  1. އެއީ އެއްވެސް މައްސަލަ އެއްނޫން. ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައި ތިބެގެން ފޯރުކޮށްދެވޭނެ ޚިދުމަތެއް ނޯންނާނެ. އެމީހުން ވެސް ހުޅެންޖެހޭނީ ހިތްހަމަ ޖެހިގެން

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close