ސިއްޙަތު

މިބޭސް އެންމެ ފަހަރަކު ބޭނުންކޮށްލުމުން ސައިނަސް މުޅިން ފިލައިގެންދާނެ

ސައިނަސްގެ މައްސަލައަކީ ވަރަށް ގިނަބަޔަކަށް ބޮޑުކަމަކަށްވެފައިވާ ފަސޭހަކުރަން އުނދަގޫ ބައްޔެކެވެ. ވަރަށް ބޮޑެތި ޚަރަދުތައް ކޮށްގެން މޮޅެތި ފަރުވާ ހޯދާވެސް ފަސޭހަނުވެފައި ހުންނަ ބައްޔެކެވެ.

މިބަލިޖެހިއްޖެނަމަ ނޭފަތުން ދޮންކުލައިގެ ރޯގާ އައުމާއި، ސައިނަސް ދުޅަވި ހިސާބެއްގައި ރިހުންހުރުމާއި، ބޮލުގެ ނިއްކުރިޔަށް ތަދުވުމާއި، ރޯގާ ފިލައިގެން ނުދިއުން ނުވަތަ އެއަށްވުރެން ބޮޑުވަރު ވުމާއި، މާ ގިނައިން ކެއްސުން އަދި ހުންއައުމާއި، ނެވާލުމަށް އުދަގޫވުން ފަދަ އަލާމާތްތައް ފެނުމުގެ އިތުރުން ސައިނަސްގެ އުނދަގޫވާ ބައެއްމީހުންގެ ދެ ބުމަޔާ ދިމާލުގައި ފަށަލަޔަކަށް ދުޅަފެންނަ ހުރުން ފަދަ ޢަލާމާތްތައް ފެންނާނެއެވެ.

އެޕަލްސިޑަރ ވިނިގަރ އަކީ މިކަމަށް އޮތް ވަރަށް ރަގަޅު ފަރުވާއެކެވެ. އެއީ އޭގައި ވަރަށް ގިނަޢަދަދަކަށް ވިޓަމިންސް އާއި، މިނެރަލްސް އާއި ފައިބަރ ހުރުމުގެ ސަބަބުން ސައިނަސް އިންފެކްޝަންއަށް އޭގެ ސަބަބުން ވަރަށް ރަގަޅު ފަރުވާ ލިއްބައިދޭތީއެވެ.

އެޕަލްސިޑަރ ވިނިގަރ އަކީ އިންސާނުންގެ ދިފާއީ ނިޒާމް ވަރުގަދަކޮށްދޭ ނުރައްކާތެރި ވައިރަސްތަކުން ސަލާމަތްކޮށްދޭ ބުއިމެއްވެސް މެއެވެ.

ސައިނަސްއަށް ބޭސް ތައްޔާރުކުރުމަށް ބޭނުންވާތަކެތި:

1 މޭޒުމަތީ ސަމުސާ މުގުރި މިރުސް

1 މޭޒުމަތީ ސަމުސާ މާމުއިތް

1 ލުބޯލުގެ ހުތް

½ ޖޯޑް ސާފުފެން

¼ ޖޯޑް އެޕަލްސިޑަރ ވިނިގަރ ( ނުފުރާނާ )

ތައްޔާރުކުރާނެގޮތް:

ފެންފޮދު ހޫނުކޮށްލާށެވެ. ދެން އެ ފެންފޮދު މަގަކަށް އަޅާށެވެ. އެއަށް އެޕަލްސިޑަރ ވިނިގަރ ފޮދު އެޅުމަށްފަހު ގިރާލާށެވެ. ހިހޫވަންދެން އިރުކޮޅަކު ބެހެއްޓުމަށްފަހު އޭގެ ތެރެއަށް މާމުއިތްފޮދާއި، މުގުރިމިރުސްކޮޅު އަޅާށެވެ. ދެން އަނެއްކާވެސް ގިރާލާށެވެ. ރަގަޅަށް މިކްސްކޮށްލާށެވެ. އެއަށްފަހު އޭގެ ތެރެއަށް ލުބޯހުތް ފެލާށެވެ. އަނެއްކާވެސް ގިރާލާ އެއްކޮށްލާށެވެ.

ސައިނަސް ރަގަޅު ވަންދެން މަދުމަދުން ބޯށެވެ.

އެޑިޓަރގެ ނޯޓް:

މިއީ 17 ނޮވެމްބަރ 2016 ގައި މިނޫހުގައި ޝާއިޢު ކޮށްފައިވާ ލިޔުމެއް އަސްލަކަށް ބަލައިގެން ރިޕަބްލިޝް ކޮށްފައިވާ ލިޔުމެކެވެ.

އެއް ކޮމެންޓް

  1. ކޮން މަގަކަށްބާާ ހޫނުކުރި ފެންފޮދު އަޅަންވީ؟ މަޖީދީމަގައްބާ ނޫނީ އޯކިޑްމަގައްބާ

  2. Feshi iru ehfaharun rangalhuvey. Ninmaali iru rangalhu vandhen boanjeheni. Kihaa dhuvahehge kameh kan neyngey. Haha

  3. ލުބޯލު އާއި މާމުއިތް ލިބެން ހުރި ތަނަކާ އެއީ ކޮންއެއްޗެއްކަން ސާފުކޮށްދިންނަމަ ވަރަށް ފުރިހަމަވީސް!

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close