ޅެން

ހެޔޮކަމުގެ މައްސަރު އައުމުން..!

މައްސަރު މިފެށުނީ ހެޔޮކަމުގެ ބަރަކާތްއިތުރު ރަމަޟާންމަހުން

                މައްސަރުގެ ހެޔޮކަން ލިބިގަތުން ހޯދެންއޮތީ އަޅުކަންކަމުން

ރަމަޟާން މުބާރަކު ހިތްތަކަށް ގެނުވައިމިދޭ އުންމީދަކީ

                    ޢަމަލާބާހާ ސީދާކުރަން ބަރަކާތް ލިބުންވާ އަޅުކަމުން

ދީލަތިކަމާ ހިތްހެޔޮކަމާ އިސްކޮށް ކުރަންވީ ހޭދައޭ

                  ﷲ އެންގެވި ގޮތްމަތިން ނިކަމެތި ޔަތީމުން ދަންނަމުން

ޞަދަގާތްކުރުން ގިނަކޮށް މިމަހު ހިތްސާފުކޮށް ޠާހިރުކުރަން

                      ގަދަބާރުލާ ހެޔޮކަންކަމާ އުޅުމޭ މޮޅީ ރޭއަޅުކަމުން

އިސްރާފު ކުރުމުން ދުރުވެގެން ޚައިރާތުކޮށް ގިނަގޮތްގޮތުން

                    އިޞްލާޙުވާން މިއައީމަހޭ އާޚިރަތު ހޯދަން އަޅުކަމުން

ރޯދައިގެ މަތިވެރި އަޅުކަމުން ލިބިދޭ މިރޫޙީ ދަރުސުތައް

                   ހޯދައި ލިބޭތޯ އުޅުމަށޭ އިސްކަން ދެވެންވީ އަޅުކަމުން

ތަސްބީޙަ ތަހުލީލުން ކިޔާ ލިބެވޭ ޘަވާބާ ދަރުމަޔަށް

                    އިސްކަންދެމުން އެދިހޯދުމަށް ތަކުރާރުވާނޭ ވިރުދަކުން

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close