މާރާމާރީއެއްގެ މައްސަލައެއްގެ ތަޙްޤީޤަށް މީހަކު ހޯދަނީ
ލ.ގަން ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަމެވެ. ފުލުހުންގެ ފަރާތުން ނެރެފައިވާ ބަޔާނުގައިވެއެވެ.
ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ލ.ގަން. ތުނޑި، އިހުރާމުގެ، ޙުސައިން ސުޢޫދު (28އ)
އައިޑީ ކާޑު ނަންބަރު: A309836
ހާޒިރުކުރެވޭ ހައިސިއްޔަތު: މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް/ ތަހުގީގަށް ސުވާލުކުރުމަށް
ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ލ.ގަން ޕޮލިސް ސްޓޭޝަން، 2021 އޭޕްރިލް 21 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް


