ޚަބަރު

އެމްޓީސީސީގެ ޗެއަރމަނަކަށް ބޭފުޅަކު ހަމަޖައްސައިފި

ސަރުކާރު ހިއްސާވާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޗެއަރމަންގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

އެމްޓީސީސީގެ ޗެއަރމަންގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ ނ.ކުޑަފަރި ހިޔާވަހި އަލްފާޟިލް މުޙައްމަދު ފަހީމް އެވެ.

އެމްޓީސީސީގެ ޗެއަރމަންގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރައްވާފައިވާއިރު، މިދިޔަ ހަފްތާގެ ތެރޭގައިވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަޤާމުތަކަށް ޕްރައިވަޓައިޒޭޝަން ބޯޑުން ވަނީ ބޭފުޅުންތަކެއް އައްޔަން ކުރައްވާފައެވެ. އޭގެތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ އެމްޑީންގެ މަޤާމަށް ބޭފުޅުން އައްޔަން ކުރައްވާފައިވެއެވެ.

އެމްޓީސީސީ އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ފައިދާވާ އެއް ކުންފުނިކަން ފާހަގަކޮށްލެވެއެވެ. ދަތުރުފަތުރުގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ފެރީ އަދި ބަސް ޚިދުމަތުގައި އެކުންފުނި ހަރަކާތްތެރިވާއިރު ސަރުކާރުގެ ގިނަ ޕްރޮޖެކްޓުތައް ހިންގާ ކުންފުންޏަކީވެސް އެއީއެވެ. އެގޮތުން، ބަނދަރު ހެދުމާއި، ބިން ހިއްކުން އަދި އެއަރޕޯޓު އެޅުން ފާހަގަކޮށްލެވެއެވެ.

އެއް ކޮމެންޓް

  1. ތިފަދަ ޚަބަރަކުން ރައްޔިތުން އެއްމެ ބޭނުންވާނެކަން މައުލޫމާތަކީ އެމީހާގެ ތައުލީމާއި ތަޖުރިބާ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close