ފުވައްމުލައް ސިޓީއިން ފެށިގެން އައްޑޫ ސިޓީއަށް ހުދުސަމާލު ނެރެފި
ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ފުވައްމުލައް ސިޓީއިން ފެށިގެން އައްޑޫ ސިޓީއަށް ހުދުސަމާލު ނެރެފިއެވެ.
މޫސުމާބެހޭއިދާރާއިން ދާދި ދެންމެ އަކު ނެރުނު ހުދުސަމާލުގައި ބުނެފައިވަނީ މިރޭ 20:30 ން މެންދަރު 00:30 އަށް ފުވައްމުލައް ސިޓީން ފެށިގެން އައްޑޫ ސިޓީއާއި ދެމެދު ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މިދުވަސްވަރަކީ އިރުވައި މޫސުމުގެ ދުވަސްވަރުކަމުގައި ވީނަމަވެސް ރާއްޖޭގެ އެކިހިސާބުތަކަށް ދޭތެރެ ދޭތެރެއިން އަންނަނީ ވިއްސާރަކުރަމުންނެވެ. އަދި ބައެއް ގަޑިތަކުގައި އެކިހިސާބުތަކުގެ ކަނޑުވެސް ގަދަވެއެވެ.
ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކުރައްވަނީ ދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދީގެން ދަތުރުފަތުރު ކުރެއްވުމަށެވެ.



