ޚަބަރު

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ސަރުކާރުން ދަނީ ނުފޫޒު ފޯރުވަމުން: އަދުރޭ

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ސަރުކާރުން ފާޅުގައި ނުފޫޒު ފޯރުވަމުންދާ ކަމަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.

މި އިންތިހާބުގައި އިދިކޮޅު ޕީޕީއެމްއިން ވާދަކުރަނީ ހުސައިން ރިޒާ އެވެ. އޭނާ އަކީ އެދާއިރާގެ ކުރީގެ މެމްބަރު މަރުހޫމް އިބްރާހިމް ރިޒާގެ ކޮއްކޮ އެވެ.

ރޭ މާ ފުށީގައި ބޭއްވި ހުސައިންގެ ކެމްޕެއިން ޖަލްސާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ މި ސަރުކާރަކީ ނުފޫޒު ފޯރުވުމުގައި ދިވެހ ރާއްޖޭގެ ތާރީހުގައި ލިޔެވިފައި އޮތް ސަރުކާރެއް ކަމަށެވެ. އޭނާ ވިދާޅުވީ މި އިންތިހާބުގައި ވެސް ނުފޫޒުގެ ބޭނުން އިންތިހާ އަށް ކުރަމުންދާ ކަމަށެވެ.

އަދުރޭގެ ވާހަކައިގަ ވަނީ މި އިންތިހާބާއި ދިމާކޮށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުން އިއުލާނު ކުރި ދެ މަޝްރޫއެއް ހާމަކޮށްފައި އެވެ. އެގޮތުން މާފުށިން ގޯތި ދޫކުރުމާއި ގުޅީ ބިން ހިއްކުމުގެ އިތުރުން އެހެން ގޮސް ކުރެވުނު ހުރިހާ ކަމެއް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

އެ މައްސަލަތައް ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް އިދިކޮޅުން މަސައްކަތް ކުރަމުންދާ ކަމަށް އަދުރޭ ވިދާޅުވި އެވެ. މިހާރު ވެސް ބައެއް މައްސަލަތައް އޭސީސީ އަށާއި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމް އާއި އެމްޑީޕީގެ އިތުރުން ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަނީ އެމްއެންޕީންނެވެ. މި އިންތިހާބު އޮންނާނީ މިމަހުގެ15 ވަނަ ދުވަހު އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close