މިއަދު ޕޮޒިޓިވް ވީ 74 މީހުން
މިއަދު ރާއްޖެއިން ޕޮޒިޓިވްވީ 74 މީހުންކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.
އެޗްޕީއޭއިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:00 އިން ފެށިގެން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި 74 މީހުންގެ ތެރޭގައި ހިމެނެނީ 37 ދިވެހިންނާއި 37 ބިދޭސީންކަމަށެވެ.
މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިހާރުމިވަނީ 9568އަށް އިތުރުވެފައެވެ.
ރާއްޖެއިން ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު މަދުވާން ފަށާފައިވާއިރު ގްރޭޓަރ މާލެ ސަރަހައްދުން މިއަދު ޕޮޒިޓިވްވީ 70 މީހުންނެވެ. އަދި ރަށްރަށާއި ރިޒޯޓްތަކުން 4 މީހުން ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ. މިބަލި ޖެހިފައިވާ 1452 މީހުންނަށް މިހާރު ފަރުވާދެމުންދާއިރު މީގެ ތެރެއިން ހޮސްޕިޓަލުގައި 106 މީހުންނަށް ދަނީ ފަރުވާދެމުންނެވެ.
މިއަދު ބަލިން ރަނގަޅުވީ 44 މީހުންނެވެ. މިއާއެކު މިބަލިން ޝިފާ ލިބުނު މީހުންގެ ޢަދަދު މިހާރުވަނީ 8077އަށް އިތުރުވެފައެވެ.
މިބަލި ދެނެގަތުމަށް ރާއްޖޭގެ އެކި ކަން ކޮޅުތަކުން ވޭތުވެދިޔަ 24 ގަޑިއިރުވަނީ 1243 ސާމްޕަލް ނަގާފައެވެ. އަދި މިހާތަނަށް ނެގި ސާމްޕަލްތަކުގެ ޖުމްލަ ޢަދަދުވަނީ 137200 އަށް އިތުރުވެފައެވެ.


