ޚަބަރު

މިއަދުވެސް 69 މީހުން ކޮވިޑަށް ޕޮޒިޓިވް – ސަމާލުވޭ

ރާއްޖެއިން ކޮވިޑް-19 އަށް މިއަދުވެސް އިތުރު 69 މީހުން ޕޮޒިޓިވްވެއްޖެކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

މިއަދު ޕޮޒިޓިވްވި 69 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 35 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 8 މީހުންނާއި ރިސޯޓްތަކުން ޕޮޒިޓިވްވި 26 މީހެކެވެ. މިއާއެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު ވަނީ 14،582 އަށް އަރާފައެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އައު އަހަރާއެކު މައްޗަށް އަރަމުންދާއިރު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ ޢަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިވަގުތު ފަރުވާދެމުން އަންނަ 960 މީހުންގެ ތެރެއިން 74 މީހަކަށް ހޮސްޕިޓަކުގައި އަންނަނީ ފަރުވާދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 26 މީހެކެވެ. މިއާއެކު މިހާތަނަށް ޖުމްލަ 13،566 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް-19އަށް ޓެސްޓްކުރުމަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނަގާފައިވާ 3،330 ސާމްޕަލާއެކު މިހާތަނަށް ނެގި ސާމްޕަލްތަކުގެ ޢަދަދު 367،424 އަށް ވަނީ އަރާފައެވެ.

މިބަލީގައި ރާއްޖެއިން މިހާތަނަށް ނިޔާވެފައިވަނީ 49 މީހެކެވެ. އެއީ 41 ދިވެހިންނާއި 8 ބިދޭސީންނެވެ.

އައު އަހަރާއެކު ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވެފައިވާ މިދަނޑިވަޅުގައި ރިސޯޓްތަކުގެ ގިނަ ޢަދަދެއްގެ މުވައްޒަފުންވެސް ވަނީ ޕޮޒިޓިވްވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close