އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު އެމްޑީޕީއަށް ސޮއިކޮށްފި
ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު އެމްޑީޕީއަށް ސޮއިކުރައްވައިފި ކަމަށް ޚަބަރު ތައް ފެތުރިއްޖެއެވެ.
ޖުމްހޫރީ ޕާޓީ ދޫކުރައްވައި، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާ އޭނާ ގުޅިވަޑައިގެންފިކަމަށް އޮންލައިން ނޫސް ސަންއިން ވަނީ ރިޕޯޓްކޮށްފައެވެ.
އޭނާ ވިދާޅުވި ކަމަށް ސަން އިން ރިޕޯޓްކޮށްފައިވަނީ ޖުމްހޫރީ ޕާޓީއިން އެމްޑީޕީއާއެކު ހެދި ކޯލިޝަން އެއްބަސްވުން މިހާރު ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ގައުމުގައި އިޖުތިމާއީ ހަމަޖެހުން ގާއިމުކޮށް، އިގުތިސާދީ އަނދަވަޅަކަށް ގައުމު ވެއްޓުނަ ނުދީ ވެރިކަމުގެ ދައުރު ވަރަށް ފުރިހަމައަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފުރިހަމަކުރައްވަމުން ގެންދަވާ ކަމަށެވެ.
އެހެންކަމުން އެމަނިކުފާނަށް ރިޔާސީ ދެވަނަ ދައުރެއް ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އަލީ ހަމީދު ވިދާޅުވިއެވެ.
“އަޅުގަނޑު ދެކޭ ގޮތުގައި އިބްރާހީމް މުޙައްމަދު ޞާލިޙަށް އެ ފުރުސަތު އަޅުގަނޑުމެން ދިވެހި ރައްޔިތުން ދޭން ޖެހޭ އެއީ އިޖުތިމާއީ ހަމަޖެހުމާ އިގުތިސާދީ ހަމަޖެހުމާ އަދި ގައުމުގެ ލާބައަށްޓަކާ،” އަލީ ހަމީދު ވިދާޅުވިއެވެ.



އިންތިހާބު ނިމިގެން ބޭޢްވި ވިކްޓްރީ ޕާޓީ ނިންމާލާފައި ދިޔަ ގޮތަށް ބަހަބަރު ވި މީހެއް ތިއީ. ސިމްކާޑުވެސް ބިންދާލާފައި ކައްދޫ ޖެޓީ މަތިން މޫދަށް އެއްލާލި. އައު ނަންބަރެއް ގެންގުޅެނީވެސް. އަނެއްކޮޅުން އިންތިހާބަށް 6 މަހަށްވީމާ ގޮނޑިގަނޑު ވިއްކާލީ.