ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އުފެއްދުމަށް ބޭނުންވާ 3،000 މެމްބަރުން ހަމަކޮށްފި
އަލަށް އުފައްދާ ސިޔާސީ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމަށް ބޭނުންވާ މީހުންގެ ފޯމްފުރަން ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި 3،000 މީހުން ސޮއިކޮށްފައިވާ ކަމަށް އެ ޕާޓީ އުފެއްދުމުގައި އެންމެއިސްކޮށް އުޅުއްވާ ޢަބުދުއްރަހީމް ވިދާޅުވެއްޖެއެވެ.
އަދުރޭ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީއެންސީ އުފައްދަން ހުއްދަ ލިބުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ޕާޓީއެއް އުފައްދަން ބޭނުންވާ އަދަދު ކަމަށްވާ، 3،000 މެމްބަރުން އެ ޕާޓީއަށް ސޮއިކޮށްފައިވާ ކަމަށެވެ.
ރައީސްޔާމީން އިސްވެ ހުންނަވައިގެން އުފައްވަން މަސައްކަތްކުރައްވާ ޕީއެންސީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ އިއްޔެއެވެ.
ޕީއެންސީ އުފެއްދުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ ޕީޕީއެމްގެ ލީޑާޝިޕާ ގުޅޭ މައްސަލަ ކޯޓުގައި އޮތުމުން ކަމަށް ޔާމީން ކުރިން ވަނީ ވިދާޅުވެފަ އެވެ.
ޕީޕީއެމް ހޯއްދަވަން އެ ޕާޓީގެ ކުރީގެ ރައީސް އަދި ޕާޓީ އުފެއްދުމުގެ އެންމެ އިސް ތަނބު ކަމަށް ވާ މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ގެންދަނީ މަސައްކަތްކުރަމުންނެވެ.
ސްޕްރީމް ކޯޓުން އެމައްސަލަ ނިންމާނީ ކޮންގޮތަކަށްކަން ސުވާލުމާކެއްގެ ތެރޭގައި ވަނިކޮށް އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ރައީސްޔާމީން ކުރެއްވުމުން ބައެއްފަރާތްތަކުންވަނީ އެކަމާ ފާޑުކިޔާފައެވެ. އެފަރާތްތަކުން ބުނަނީ ޕީޕީއެމް ވަރަށްބޮޑަށް ދަރާފައިވަނިކޮށް އެޕާޓީ ދޫކޮށްލައްވާ އެހެން ޕާޓީއެއް އުފައްދަވަނީ އެ ދަރަނިތަކުން މިންޖުވުމަށް ކަމުގައެވެ.

