ޚަބަރު

ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުގެ އިސް ބޭފުޅުންނާއި ގާސިމް އަނެއްކާވެސް ބައްދަލު ކުރައްވައިފި


އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހިންގަވާ ސިޔާސީ ހަރަކާތް “ފިކުރެއްގެ ދިރުން” ސިޔާސީ ހަރަކާތުގެ އިސް ބޭފުޅުންނާއި ޖުމުހުރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް އަނެއްކާވެސް ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ “ފިކުރެއްގެ ދިރުން” ސިޔާސީ ހަރަކާތުގެ އިސް ފަރާތްތައް ކަމަށްވާ، ރައްޔިތުންގެ މަޖިލިހުގެ ނާއިބު ރައީސް އީވާ އަބުފުﷲ އާއި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުއާއި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރުއެވެ. އޭގެ އިތުރުން ޖުމުހޫރީ ޕާޓީގެ ކައުންސިލްގެ ބައެއް މެމްބަރުންވެސް ސަން އައިލޭންޑުގައި އޮތް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައި ވެއެވެ.

ގާސިމް އަނެއްކާވެސް ފިކުރެއްގެ ދިރުމުގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވާފައި މިވަނީ، ކޯލިޝަން ހެދުމަށް ދެފަރާތުން ކުރަމުން އައި މަޝްވަރާތަށް މަޑުޖެހި، ދެ ފިކުރުގެ ބޭފުޅުންނަށް މަސައްކަތް ނުކުރެވޭނެކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށެވެ.

ބައެއް ފަރާތްތަކުން މައުލޫމާތު ދޭގޮތުގައި ގާސިމް އިބުރާހިމްއާއެކު ފިކުރެއްގެ ދިރުމުން ކުރަމުން އައި މަސައްކަތްތަކަށް މަށުޖެހުން އައިސްފައިވަނީ، ގާސިމް އިބުރާހިމަށް އިންތިޚާބު ކާމިޔާބު ކުރެވި، ވެރިކަމުގެ ހުވާވެސް ކުރެއްވުމުގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ރަމްޒީ މަގާމެއްގެ ގޮތުގައި ރައީސުލްޖުމުހޫރިއްޔާގެ މަގާމް ހަމަޖެއްސުމަށް ނަޝީދުގެ ފަރާތުން ހުށަހެޅުއްވި ހިސާބުންނެވެ.

ގާސިމް އިބުރާހިމްއަކީ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ވަރަށް ބޮޑަށް ދެކޮޅު ހައްދަވާ ބޭފުޅެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close