ޚަބަރު

ބަޖެޓްހުށަހެޅުން ސެޕްޓެމްބަރ ނިމުމުގެ ކުރިން ، ތަރައްޤީޕްލޭން ނޮވެމްބަރުގެ ނިމުމުގެ ކުރިން

ކައުންސިލް ތަކުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ސެޕްޓެމްބަރ މަސް ނިމުގެ ކުރިން ހުށަހަޅަން ފިނޭންސް މިނިސްޓްރީން ރަށްރަށުގެ ކައުންސިލްތަކަށް އަންގާފައިވާއިރު ކައުންސިލް ތަކުން އެކުލަވާލާ ތަރައްޤީޕްލޭން ފޮނުވުމުގެ އެންމެފަހު ތާރީޚަކަށް އެލްޖީއޭއިން ކަނޑައަޅާފައިވަނީ އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށެވެ.  

ކައުންސިލް ތަކުން އަންނަ އަހަރަށް ލަފާކޮށް ބަޖެޓުގައި ހިމަނަން ބޭނުންވާ ކަންކަން އަންނަ މަސް ނިމުމުގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ފޮނުވައިދޭން އަންގައިފައިވަނީ އެ މިނިސްޓްރީން ކައުންސިލުތަކަށް ފޮނުވި ސާކިއުލާއެއްގައެވެ.

އެސާކިއުލާގައި ބުނީ ދައުލަތުގެ މާލިއްޔާގެ ގާނޫނުގައިވާ ގޮތުގެ މަތިން މާލީ އަހަރު ފެށުމުގެ ދެ މަސް ކުރިން ބަޖެޓުގައި ހިމަނަން ބޭނުންވާ މައުލޫމާތު މަޖިލީހަށް ފޮނުވަން ޖެހޭ ކަމަށެވެ.

ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި ކައުންސިލްތަކުގެ ބަޖެޓު ތައްޔާރު ކުރުމުގައި އަމަލު ކުރަން ޖެހޭ އުސޫލާ އެއްގޮތުގެ މަތިން ކައުންސިލްތަކުން މެދުރާސްތާގެ ބަޖެޓު ތައްޔާރުކޮށް އެ މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެއިތުރުން މި އުސޫލުގެ ދަށުން ކައުންސިލްތަކުގެ ބަޖެޓުގެ މައުލޫމާތު އެ މިނިސްޓްރީން ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅާ މަރުހަލާގައި ހިއްސާ ކުރަން ގަސްތު ކުރާ ކަމަށް ވެސް އެ ސަކިއުލާގައި ބުނެފައިވެއެވެ.

“މި މައުލޫމާތުގެ ތެރެއިން ކައުންސިލްތަކަށް ދައުލަތުން ބްލޮކް ގްރާންޓުގެ ގޮތުގައިދޭ ހިލޭ އެހީގެ ބަޖެޓު ތައްޔާރު ކުރަންވާނީ 2021 ވަނަ އަހަރުގެ މެދުރާސްތާ ބަޖެޓާއި 2022 ވަނަ އަހަރުގެ ފިސްކަލް ސްޓްރެޓެޖީގެ ގޮތުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދިނުމަށް ލަފާ ކޮށްފައިވާ އަދަދަށް ވުރެ އިތުރު ނުވާނެ ގޮތަށެވެ،” ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

އަންނަ މަހުގެ 31 ގެ ކުރިން އެ މައުލޫމާތުތައް ފޮނުވަން ފިނޭންސް މިނިސްޓްރީން ވަނީ އަންގަވައިފައެވެ. އެހެންނަމަވެސް ކައުންސިލްތަކުގެ ބަޖެޓްގައި ހިމަނަން ބޭނުންވާ ފައިސާގެ ޢަދަދުތައް ލަފާކޮށް ބަޖެޓް އެކުލަވާލެވޭނީ ތަރައްޤީ ޕްލޭން ނިމިގެންކަމަށާއި، ތަރައްޤީ ޕްލޭންގެ ކުރިން ބަޖެޓް ހުށަހަޅަންޖެހުމުން ތަރައްޤީޕްލޭންގައި ހިމަނާ އެއްވެސް މަޝްރޫޢެއް ތަންފީޒް ކުރެވޭނެކަމުގެ ޔަޤީންކަމެއް ނޯންނާނެކަމަށް ބައެއް ކައުންސިލް ތަކުން ބުނެއެވެ.  

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close