ޚަބަރު

ޤައުމުގެ ކުރިމަގުވަނީ ރައްޔިތުންގެ އެއްބައިވަންތަކަމާއި ގުޅިފައި – ޑރ.ވަޙީދު

ޤައުމުގެ ކުރިމަގުވަނީ ރައްޔިތުންގެ އެއްބައިވަންތަކަމާއި ގުޅިފައިކަމުގައި ކުރީގެ ރައިސް ޑރ.މުޙައްމަދު ވަޙިދު ޙަސަންމަނިކު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ރާއްޖޭގައި ފާހަގަކުރަމުންދާ އެއްބައިވަންތަ ކަމުގެ ދުވަހުގެ މުނާޞަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.

ޑރ.ވަހީދުގެ ޓްވީޓްގައި ވިދާޅުވީ އެއްބައިވަންތަ ކަމުގެ ދުވަހުގެ ތަހުނިޔާ ދަންނަވާ ކަމަށާއި، 2004 ގެ އޭޝިއަން ސުނާމީގައި ގެއްލުނު ފުރާނަތަކަށް ސުވަރުގެ މިންވަރު ކުރެއްވުން އެދިވަޑައިގަންނަވާކަމަށެވެ.

މިއަދަކީ 2004 ގައި ރާއްޖެއަށާއި، އޭޝިޔާގެ ބައެއް ޤައުމުތަކަށް ސުނާމީއެއް އެރިތާ 16 އަހަރުފުރޭ ދުވަހެވެ. އެކަމުގެ ހަނދާންތައް ދިވެހިންގެ ހިތުން އަދިވެސް ނުފިލައެވެ. އެދުވަހު ގެދޮރު ގެއްލި ބިކަޙާލުގައި ޖެހުނު ބައެއް ފަރާތްތައް އަދިވެސް އެއުޅެނީ އެކަމުން އަރައި ނުގަނެވިގެންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close