ޚަބަރު

ރައީސަށް ޤަރާރު ނެރެވޭނެ ގޮތްތައް ދިޔާނާ ސާފުކޮށް ދެއްވައިފި


ރައީސުލްޖުމްހޫރިއްޔާއަށް ޤަރާރު ޤަރާރު ނެރެވޭނެ ގޮތްތައް ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ސާފުކޮށް ދެއވައިފިއެވެ.

ދިޔާނާ މިކަން ސާފުކޮށްދެއްވީ އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކާކީ ޤާއުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ޤައުމީ ސަލާމާތާބެހޭ މަޖިލީހުން ނިންމަވާފައިވާތީ ރައީސުލްޖުމްހޫރިއްޔާ ސޮއިކުރައްވައި ނެރުއްވި ޤަރާރުގައި ހިމެނޭ ޤާނޫނީ ގިނަ ނުކުތާތަކެއް ފާހަގަ ކުރައްވަމުންނެވެ.

ދިޔާނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކީ ޤާނޫނުގެ ބާރު (ފޯސް އޮފްލޯ) އޮންނަ އެއްޗެއް ކަމަށެވެ. އެހެން ކަމުން އެ އޮތޮރައިޒް ކުރާ ޤާނޫނީ މަސްދަރެއް އޮންނަންޖެހޭކަމަށެވެ. ރާއްޖޭގެ ޤާނޫނީ ނިޒާމުގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ހުއްދަ ކުރަނީ 3 މަސްދަރަކުން ކަން ދިޔާނާ ފާހަގަ ކުރެއްވިއެވެ. އެއީ 01.ޤާނޫނު އަސާސީގެ 115 (އ). 02.ޤާނޫނު އަސާސީގެ 115 (ވ) 254 ވަނަ މާއްދާ އާއިއެކުގައި ކިޔާލުމުން އަދި 03. (115) ވަނަ މާއްދާގެ (ގ) އާއި ޤާނޫނީ ފަންނުގެ ގާނޫނު އެކުގައި ކިޔުމުން މީގެ މަތުލަބަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނެރެވޭނީ ތިން ހާލަތުގައިކަން އެނގޭކަމަށް ދިޔާނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނެރެވޭނީ އަންނަނި 3 ހާލަތުގައި:

  1. ހަނގުރާމައާއި ސުލްހަ އިއުލާން ކުރައްވަން
  2. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވަން
  3. ރިޔާސީ ކޮމިޝަން އުފައްދަވަން

ދިޔާނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކީ ޤާނޫނާއި އެއްފަދަ އެއްޗަކަށް ވާހިދު ޤާނޫނު ހެދުމުގެ ބާރަކީ ކޮންވެންޝަނަލީ މަޖިލިސް އަށް ޚާއްސަވެފައި އޮންނަ ކަމަކަށްވާތީ، މަޖިލިސްގެ ދައުރެއް އޭގައި ނޯންނަ ގޮތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނުނެރެއްވޭނެކަންވެސް ސާފުވާކަމަށެވެ.

އެގޮތުން މިސާލު ނަންގަވަމުން ދިޔާނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނެރެވޭ އިޝޫ އިސްވެ ބުނެ ފުރަތަމަ ހަލަތާއި ދެވަނަ ހާލަތުގައިވެސް އެ ޤަރާރު މަޖިލިސްގައި ޓެބަލްކޮށް ފާސްކުރަންޖެހޭކަމަށެވެ. ޤަރާރު ހުއްދަވާ ތިންވަނަ ހާލަތަކީ މަޖިލިސް ފާސްކުރާ ޤާނޫނެއްގެ ދަށުން ކަމަށްވާތީ އެކަމުގައި މަޖިލިސްގެ ދައުރު އޮންނަނީ ޝާމިލުވެފައި ކަމަށް ދިޔާނާ ވިދާޅުވިއެވެ.

މިނުކުތާތަކުގައި މިހެން ބުނެފައިވާއިރު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ހުއްދަކުރާ ސާފު ޤާނޫނީ މަސްދަރެއް އޮންނަން ޖެހޭކަމާއި، އެ ޤަރާރު އޮންނަން ޖެހޭނީ އެ މަސްދަރުން ކަނޑައަޅާ ހުދޫދުގެ ތެރޭގައި ކަމާއި އަދި އެ ޤަރާރު އެއީ މަޖިލިސްއިން ފާސްވާން ޖެހޭ އެއްޗެއްކަން ސާފުވާކަމަށް ދިޔާނާ ވިދާޅުވިއެވެ.

“އިންޑިއާއައުޓް” ހަރަކާތް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިއްޔެ ނެރުއްވި ޤަރާރަކީ ޤާނޫނު އަސާސީއާއިވެސް ތަޢާރަޒުވާ ޤަރާރެއްކަމަށް ޤާނޫނީ ގިނަ ބޭފުޅުން ދަނީ ފާހަގަ ކުރަމުންނެވެ.

އެއް ކޮމެންޓް

  1. Dhivehi raajjeyge minivankamaai musthagillu kamakee Qaanoonu Asaaseege masdharu ves me. Minivankan gehley hisaabun QA eh ves noannaane. Veemaa minivankamuge dhifaaugai nikunnairu balanjeheynee ekamah hurahakah vedhaane kankamah ekani.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close