ޚަބަރު

އިންޓަނެޓުގެ ހެޔޮ އަގުތައް މިއަދު އިއުލާނުކޮށްފި

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވަޢުދުފުޅުގައި ހިމެނޭ މުހިންމު އެއްވަޢުދު ކަމުގައިވާ އަގުހެޔޮ އިންޓަނެޓް މިއަދު ސަރުކާރުން އިޢުލާންކޮށްފިއެވެ.

ސަރުކާރުގެ އާ ސިޔާސަތުގެ ދަށުން އިންޓަނެޓު އަގުހެޔޮ ކުރުމާ ގުޅިގެން ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ އެންމެހައި ކަންކަމަށްއިންޓަނެޓް ބޭނުންކުރަންޖެހިފައިވާ އިރު މިވަނީ ދިރިއުޅުމުގެ ފަސޭހަތަކެއްގެ ކޮޅުމަތި ފެނިފައެވެ.

އިންޓަނެޓުގެ އަގުހެޔޮ ބަދަލުތަކެއް ފިކްސްޑް ބްރޯޑްބޭންޑް އަދި މޯބައިލް ބްރޯޑް ބޭންޑްގެ އިންޓަނެޓް ކަނެކްޝަންތަކަށް ވެސްމިވަނީ ގެނެސްފަ އެވެ. މި ބަދަލު ގެނައުމުން ގޭބިސީތަކާއި ވިޔަފާރިތަކުގައި ބޭނުންކުރާ އިންޓަނެޓްގެ އަގު ވަރަށް ބޮޑަށްމިވަނީ ހެޔޮވެގެންގޮސްފައެވެ.

ސަރުކާރުން މިއަދު އިއުލާންކުރި އަގުތަކަކީ:

5 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 250ރ. އަށް 30 ޖީބީ

15 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 500ރ. އަށް 100 ޖީބީ

25 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 700ރ. އަށް 200 ޖީބީ

އަންނަ ޖުލައި މަހުން ފެށިގެން ރާއްޖޭގެ ހުރިހާ ކަނެކްޝަނެއްގެ އެންމެ މިނިމަމް ސްޕީޑަކީ 2 އެމްބީޕީއެސް އެވެ.

300ރ. އަށް ވުރެ މަތިން ނަގާ ޕެކޭޖްތަކުގެ މިނިމަމް ސްޕީޑް ދަށްކުރެވޭނީ 5 އެމްބީޕީއެސް އަށެވެ.

ރެސިޑެންޝަލް ބްރޯޑްބޭންޑް ޕެކޭޖްތަކުން 30 ޕަސެންޓު އަގުހެޔޮ ވާނެއެވެ.

އޮކްޓޫބަރުން ފެށިގެން މޯބައިލް ބްރޯޑްބޭންޑް ބޫސްޓާ ޕެކޭޖްތަކުގެ ޑޭޓާ އެލަވަންސް 20-30 ޕަސެންޓަށް އަގު ހެޔޮވާނެއެވެ.

ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭ ތިން ކުންފުންޏެއް އޮވެ އެވެ. އެއީ ދިރާގު، އުރީދޫ އަދި އާރްއޯއެލް އެވެ. މި ވިޔަފާރިތަކުން ހިދުމަތް ފޯރުކޮށްދޭ އަގުތަކަށް ބަލާއިރު، ސަރުކާރުގެ ހުށަހެޅުމުގައި ހިމެނޭ އިންޓަނެޓްގެ އަގުތައް ވަރަށް ބޮޑުތަން ކުޑަ އެވެ.

އިންޓަނެޓުގެ އަގު ހެޔޮކުރުމަކީ 2018 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް، އެ ވައުދު ނުފުއްދި ގިނަ ދުވަސްވާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close