ޚަބަރު

މަސްވެރިން ޙާލުގައި ޖެއްސީ މިސަރުކާރުން – އަދުރޭ

ދިވެހި މަސްވެރީން މިއަދުވަނީ ހާލުގައި ޖެހިފައި ކަމަށާއި، އެހާލު ޖެއްސީ އެމްޑީޕީ ސަރުކާރުން ކަމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރޭ ކާނިވަލް ސަރަހައްދުގައި “ވިސްނާ” ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ އެމްޑީޕީގެ ވާހަކަތައް އަޑުއަހައިގެން ޔޫރަޕްގެ ގައުމުތަކުން ދިވެހި މަސް ގަތުން ހުއްޓާލީކަމަށެވެ. އަދުރޭ ވިދާޅުވީ، އަލުން މަސްގަންނަން ފަށާނީ އިސްލާމްދީނުގެ އުސޫލުތަކާއި ހިލާފު ކަންކަމަށް ރާއްޖޭގައި ފުރުސަތު ހުޅުވާލުމުން ކަމަށް ބުނެ އެކަމަށް ޝަރުތުކުރި ކަމަށެވެ.

އެމްޑީޕީ ވެރިކަމަށް އައިސް ރާއްޖެ-ޗައިނާ ވިޔަފާރި އެއްބަސްވުމަށް އަމަލު ކުރުން ހުއްޓާލުމަކީ ދިވެހި މަސްވެރިން ހާލުގައި ޖެހެން މެދުވެރިވި ހަގީގީ ސަބަބު ކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، ރާއްޖެ-ޗައިނާ ވިޔަފާރި އެއްބަސްވުމަށް އަމަލުކުރެއްވި ނަމަ، މިއަދު މަސްނުކިރިގެން މަސްވެރިން ހާލުގައި ނުޖެހުނީސް ކަމަށެވެ.

ފާއިތުވި ދުވަސްތަކުގައި މަސްވެރިން ބާނާ މަސް ކިރުމުގައި ދަތިތަކާއި ދިމާވާތީ މަސްވެރިން ވަނީ މުޒާހަރާވެސް ކޮށްފައެވެ. މަސްވެރިންގެ އުދާސްތައް އަޑުއަހައި އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރޭ ބޭއްވި އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close