ޚަބަރު

ބޮޑު ބިދުޢައިން ދިވެހި އުއްމަތް ސަލާމަތް ކުރެއްވި ކަމަށް ޓަކައި اللهއަށް ޙަމްދާއި ޝުކުރު ކުރަން – ޑރ.އިޔާޟް

ވުޖޫދުގައި ނެތް ޟަރޫރަތެއް ދައްކައިގެން الله ގެ ދީނުގެ ތެރެއަށް ގެނައުމަށް ބަޔަކު މީހުން މަސައްކަތްކުރި ބޮޑު ބިދުޢައިން ދިވެހި އުއްމަތް ސަލާމަތް ކުރެއްވި ކަމަށް ޓަކައި الله ޙަމްދާއި ޝުކުރު ކުރައްވާކަމަށް ޑރ.މުޙައްމަދު އިޔާޟް ޢަބުދުއްލަތީފް ވިދާޅުވެއްޖެއެވެ.

މި ވާހަކަ ވިދާޅުވެ މިއަދު ޑރ.އިޔާޟް ޓްވީޓެއް ކުރެއްވި އިރު އެވިދާޅުވަނީ ކޮން ބިދުޢައެއްގެ ވާހަކަ ކަން ވިދާޅުނުވިޔަސް ބެލެވޭ ގޮތުގައި ޑރ.އިޔާޟް އެ އިޝާރާތް ކުރެއްވީ ފުރަބަންދުގެތެރޭގައި މާލޭގެ މިސްކިތްތަކުގައި ގައިދުރުކޮށްގެން ޖަމާއަތުގައި ނަމާދު ކުރުން ނިމުމަކަށް ގެނައުމުން ކަމުގައި ބެލެވެއެވެ

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މިސްކިތްތަކުގައި ގައިދުރުކަމާއެކު ނަމާދު ކުރަން ނިންމާފައިވާ ނިންމުން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.

މާލޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ އިސްލާމިކް މިނިސްޓްރީގެ އެންގުމުގެ މަތިން މިސްކިތްތަކުގައި ގައިދުރުކޮށްގެން ނަމާދު ކުރަން ފެށީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެންނެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ގޯސްވެ، ގިނަ އަދަދެއްގެ މީހުން ކޮންމެ ދުވަހަކުވެސް ބައްޔަށް ހުށަހެޅެން ފެށުމާއެކު މިސްކިތްތަކުގެ ޖަމާއަތްތައް މެދު ކަނޑާލުމުގެ ބަދަލުގައި ގައިދުރުކޮށް ނަމާދުކުރަން ފެށުމުން ބައެއް އިލްމުވެރިން ކަންބޮޑުވުން ވެސް ފާޅު ކުރިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close