ޅެން

ސަންޕާ ގެ ހީލަތް

ސަންޕާ ގެ ހީލަތް

)ބައިތު ބާޒީއަށް ޙާއްސަ ޕަވިޔަނި ޅެން(

ޕަރީޒާދެއްގެ ޖާދޫގައި ޖެހިއްޖޭ ހިތް ކިޔާ ސަންޕާ

            ޚަރީފުގެ ހޫނުކަން ނެތިގޮސް ހަޔާތުން ގެއްލުނޭ ސުންޕާ‏

ޕިޓަލަކުންހޮސް ފެނުނު ފަރަތަމަ ހިނދުން ފެށިގެން މިހިތް ހުއްޓުނު

        ވިޓަމިނެއް ކާން އެހިނދު އެނގީ ޙަކީމެއް މޮޅު ކިޔުނު ޗަންޕާ

ޕެރިސް އިޓަލީ ވިލާތުންވެސް މަށެއް ނުދެކެން އެފަދަކުއްޖެއް

            ހެރިއްޖޭ ތޫނު ތީރެއް އަދު މަގޭ މޭ ތޮރުފަމުން ސަންޕާ

ޕިރާޑުގެ މާތް ގަލަންކޮޅުވެސް ތެދޭ ހުއްޓޭ ކަލާ ފެނިފައި

     އިރާ ހަނދުވެސް ލަދުން އުދަވާން ނުކެރި އިނދެޔޭ ފެނިފަ ސަންޕާ

ޕިރާޑެއް ނުމެ އެލިޔުނީހޭ ދިވެހިރާއްޖޭގެ ވާހަކައެއް

          ޕިރާޑަށް އަދު ފެނުނު ނަމައީ ކުރިން ލިޔުމުގެ މަގޭ ސަންޕާ

ޕިކަޕު ކާރާ އެސައިކަލުވެސް އަޅާ ބަރުގޮނު ކަލާ ފަހަތުން

        ޕިކަޕު ދުއްވަން މަށާ އެކުގައި އެދެން ޝާމިލު ކުރަން ސަންޕާ

ޕުޑިން ފޮއްޗެއް ގެފޮނި ރާހަތު ލިބުން އެދިގެން މިހިތް ގޮވަނީ

         ތުނޑިން ބައްދަލު ވެލަން އެދެވޭ ހަކުރުހާ ފޮނި މަގޭ ސަންޕާ

ޕިޔާނާއިން ކުޅެލި ރާގެއް  ޢަނާދިލު ހިތުގެ އެތެރޭވާ

     ފިޔާތޮށި ދަނބު އެ އުދަރެހުގައި އެދެން ބިނދެލަން ތި ގުލްސަންޕާ

ޕިޗާ އަޑު އޭގެ ޒާތުންވެސް ކަހާލައިގެން  މަގޭ  ދިޔައީ

         ލުޗާ ނަލަ އަޑު މަގޭ ކަންފަތް ދޮށަށް ބީހުނު ވަގުތު ސަންޕާ

ޕައުންޑެއްދީ މަލެއް ގަނެގެން ވެދުން ކުރުމަށް ނިޔަތް ގަނެގެން

         ވައުދު ނަފުސާ ކުރީ ދިނުމަށް ފަހަށްނުމެޖެހި އަތަށް ސަންޕާ

ޕުޗާކޮށްގެން ލިޔުނު ލޯބީ ފޮތެއް ހަދިޔާ ކުރަން މިއަޅާ

            ޓުޗާއިން ބޮޑު ބަލާ ހޯދާ މަގެއް ހޯދިން އަދައި ސަންޕާ

“ޕިޔޯރ” އޭ ކިޔުނު ވާދީއިން ދިޔޯދެކެލާ ހިތުން ދިޔައީ

          ދެޔޯއެއް ފަދަ  އެބިރުވެރިވީ  “އެއީހޭ  އަދު މަގޭ ސަންޕާ؟”

ޕަރީޔާ އަދު ވުމުން ބައްދަލު ފަހުމުވެއްޖޭ މަށަށް އަދުގައި

          ޖަރީ ކޮށްފައި އޮތީ މަތިފުއް އެކަންޏޭ އަދު މަކަރު ސަންޕާ

ޕުލާސްޓިކު ތުންފަތާ ނޭފަތް ޖަހާފަައި އޮތް އެއިސްތަށިގަނޑު

            ދުލާ އޭގައި ވިބަސްތައްވެސް ނުހަނުހުތުރޭ ވަނީ ސުންޕާ

ޕުލައިވުޑު ބޯ މިނަށް އުގުޅާ ފަނުންޑޭޝަން އެމޭކަޕުވެސް

           އުލާ ވަޅި ސަމުސަލުން ކެހިޔަސް ހަމާ ނުޖެހޭނެޔޭ ސަންޕާ

ޝާހިލް މުޢީން

މާވަޑިއާގެ/އއ.އުކުޅަސް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close