ޅެން

ބޭނުންވިޔަސް…

ފެންނަން ހުރީ އުސްފަރުބަދަތަކެވެ.
ފެންއާރަކުން ފެން އޮހެމުން ދާ މަންޒަރެވެ.
ފެންފޮދެއްގެ އިންތިޒާރުގައި ކަރުހިކި ކުރަކިވަނީއެވެ.

ހަލަބޮލި މި ދުނިޔޭގެ ކަނެއްގައި މަޑުޖެހިލީމެވެ.
ހަމަކޮންމެ ދިމާލަކުންވެސް ގިސްލަނީ ވަގުތުގެ ހާލަތެވެ.
ހަނަފަސްކަމެއް ދިން ދިރިއުޅުން ހަމްދަރުދީވެ ކަރުނަ އެޅިއެވެ.

އަންނާރުގެ ފޮނިކަމެއް އަރުގައި ޖެހުނު ހެން ހީވިއެވެ.
އަންގާނުލާ ޖިސްމަށް އެ ފޮނިކަން ވާސިލްވިއެވެ.
އަންނާނެހެން ހީވީ ލޮލަށް ދިން އިޝާރަތުކުންނެވެ.

އެހެނަސް ފެނުނީ ކުލަނެތް ހުވަފެނީ އަވާމެންދުރެކެވެ.
އެދެވުނީ ފޫނެއް ފަޔަކަށް ފެންފުރަން ކަމެއް ގޭނގުނެވެ.
އެދެމުންދިޔަ ލައްޒަތަށް ނިމުމެއް ގެންނަން މަޖުބޫރުކުރީ ހިތެވެ.

ދާއިމީ އުފަލެއްގެ ފޮނިކަން ސިކުނޑިޔަށް ހިޔަނިއެޅިއެވެ.
ދާދިއަވަހަށް ފިރުކިލާފައި އަތުގެ ތެރެއިން ލޫދިގެން ހިގައްޖެއެވެ.
ދާހިތުން ހުއްޓާ އިރުގެ އަލިކަން މަޑުމަޑުން ފަނޑުވިއެވެ.

އިންތިޒާރެއްގައި ހުއްޓާ މުޅި ހަޔާތް ބަނަކޮށްލިއެވެ.
އިންތިހާ ބޭނުންވިޔަސް އަޒުމެއް ވަނީ ކަނޑައެޅިފައެވެ.
އިންޒާރަކުން ވަކިހިތްޕަނީ ކުރެވުނެ ވަދާއީ ވައުދެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close