ދަމާހެ ޖަހަން ކޮވިޑް ވެކްސިން
ކޮވިޑުވެކުސިން ޖަހަންފެށުމީ އުފާވެރި ޚަބަރެކޭ މެލިބުން
ކޮވިޑުމިވަބާ މިދުނިޔޭންނެތި ވެދާނެގޮތީ ޖެހުންވެކުސިން
ވެރިހިތަށްވާ މިހާސްކަމުގައި ވެގެން ހައްޔަރު މިއަދު ތިބިހެން
ވެރިން އަންގާގޮތަށް ކިޔަމަން ވެގެންޖަހަމާ މިއަދު ވެކުސިން
ރައީސަށް ފައްފަށުން ޝުކުރާ ތަހާނީ ޙައްޤުވާނޭހެން
ރައީސް އިސްނެންގެވީ މިކަމުން މިސާލެއްކަމު ޖަހަންވެކުސިން
މިކަންވެސްއަދު ސިޔާސީކޮށް ނުހެދުމީ ހެޔޮގޮތޭ ޤައުމަށް
މިކަމުގައިއަދު އެކީ ގުޅިގެން ޖަހަންވިއްޔޭ ލިބުނު ވެކުސިން
ދުނިޔެ ވީހިނދު ނުރައްކާތެރި ވަރަށް ބިރުވެރި ވިޙާލަތުގައި
ހުރަސްތައްހުރި ގިރާކޮށްގޮސް ޤައުމުތައް ހޯދަނީ ވެކުސިން
ދުރާލާ ވިސްނަމުން އެކަމަށް ކޮވިޑު ނައްތާލުމަށް ދުނިޔޭން
ކުރާގިނަގުނަ ދިރާސާތައް ކުރީ ހޯދާށެ މޮޅު ވެކުސިން
ޝިފާދެއްވުން ދުޢާކުރަމުން ހިތުގެ ޢުމުޤުން އިލާހަށް މާތް
ހިފާށެވަނީ ވަސީލަތުގައި ޝިފާހޯދަން ޖަހާވެކުސިން
______________________ހިތްފަހި____________________
2021 ފެބުރުވަރީ 01(ހޯމަ)
