ޅެން

ހިތަށް ހަނާ ނާޅާށެވެ

ހިތަށްތިޔަހެން ހަނާއަޅަމުން ކަލާތިކުރާ ކަމެއްބުނެދީ

       ހިތަށްއިތުރަށް ތުރާނުމެދީ އެދޭބޭނުން މަށަށްބުނެދީ

މަވެސްހަމަ ބޭނުމޭއެނގިލަން ވެގެންތިއުޅޭ ގޮތެއްރަނގަޅަށް

ގުޅުންހުރި ލިޔުންތައް

     ތިވެސްގޮތެކޭ ހިތައިގެންއަދު އުޅެންދައްޗޭ މަށަށްބުނެދީ

ތިހެންއެކިއެކި ދިމާއިންފެނި ތިހެންތިހަދާ ސިހުރުތަކަކުން

         މިހެންއުޅުމަށް ތުރާވާގޮތް ވަމުންދާތީ މަށަށްބުނެދީ

ކަމެއްކުރުމަށް އުޅޭއިރުގައި ނިޔަތްވެސް ސާފުވާން ޖެހެޔޭ

       ނަމެއްނުލިބޭ ގޮތެއްއޮތްތޯ ބަލަންޖެހެޔޭ މަށަށްބުނެދީ

ގަހެއްގައިއިން މަލެއްފެނުމުން އެއަށްއެދިހުރެ ހަނާއެޅުމުން

       ލަހެއްނުވެ އަޑު އަރައިގެންދޭ އެހެންވީމާ މަށަށްބުނެދީ

ހިތަށްސިއްރެއް ނުކުރެވޭނޭ ހިތަށް ކެކުޅުން ލިބޭނަމައީ

      ހިތަށްއަނިޔާ ތިހެންނުދިނުން އެދޭތިއްޔޭ މަށަށްބުނެދީ

ހިތުގެހުރި ޙާލު ބުނެދީގެން ޝިފާހޯދަން އުޅުން ރަނގަޅޭ

      ހިތުން ތިކުރާ ސަމާސާގައި ހިތަށްވާގޮތް ތެދަށްބުނެދީ

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close