އަހަރެމެން ވަކިވާން ޖެހުނީ ކީއްވެ؟
އަހަރެމެން ވަކިވާން ޖެހުނީ ކީއްވެ ހެއްޔެވެ؟
ޚިޔާލާއި ފިކުރުގެ ދުނިޔޭން އެއްކިބާ ވެގެން ހުރިނަމަވެސް ކަލާގެ ހަނދާންތައް އަހަންނާ ވަތްކެއް ނުވެއެވެ.
ހިތުގައި އޮޔާދެމޭ ސުވާލުތަކުން ފެންމަތިވަނީ އެންމެ ސުވާލެކެވެ.
އަހަރެމެން ވަކިވާން ޖެހުނީ ކީއްވެ ހެއްޔެވެ؟
އަހަރެންގެ މެހެފިލުގައި ކަލާ ވެޑުވިގެން އިން އިނުން ވީ އަހަރެންގެ އެންމެ ބޮޑު އުފަލަށެވެ.
އެހެނަސް……
އަހަރެންގެ މަގުން ކަލާ އެއްކިބާ ކުރުން އެއީ ތަޤުދީރުގެ މަތިވެރި ނިންމެވުމެވެ.
އެހެންކަމުން އަހަރެން ކަލާއާއި ދުރުވީމުއެވެ.
ކަލާތީ އަހަރެންގެ ފަޚުރާއި ޝަރަފު ކަމުގައި ވީހިނދު، ކަލާ އާއި ދުރުގައި ހުންނަން އަހަންނަށް މަޖުބޫރުވެފައި މިވަނީ ކީއްވެ ހެއްޔެވެ؟
ކަލާތީ އަހަރެންގެ ހުވަފެންތަކަށް ވީހިނދު، އެ ހުވަފެންތަކުގައި ކުލަ ނުޖައްސާ ދޫކޮށްލަންވީ ކީއްވެ ހެއްޔެވެ؟
ޚިޔާލާއި ފިކުރުގެ ދުނިޔޭން އެއްކިބާ ވެގެން ހުރިނަމަވެސް ކަލާގެ ހަނދާންތައް އަހަންނާ ވަތްކެއް ނުވެއެވެ.
ހިތުގައި އޮޔާދެމޭ ސުވާލުތަކުން ފެންމަތިވަނީ އެންމެ ސުވާލެކެވެ.
އަހަރެމެން ވަކިވާން ޖެހުނީ ކީއްވެ ހެއްޔެވެ؟
އަހަރެންގެ ނަފުސާއި މެދު ކުޑަކޮން ނުރުހުން ވިޔެވެ.
ކަލާ، ކަލާގެ ނަފުސާ ދޭތެރޭ ސުވާލު އުފައްދާތީއެވެ.
މި ހިތުގައި ޖަހާ ވިންދުގެ އަޑުން ގޮވަނީ ކަލާގެ ނަމެވެ.
ކަލާޔާ ނުލާ އަހަރެން އުޅޭނީ ކިހިނެއް ހެއްޔެވެ؟
އަހަރެންގެ ވަށައިގެން އުޅޭ އެންމެންނާ ޖަދަލުކުރަން އަހަންނަށް މިވަނީ މަޖުބޫރުވެފައެވެ.
އަހަރެން އެކަމަށް އެދި ގޮވާ ނުލިޔަސް، އަހަންނަށް އެމީހުން ދައްކާ މަގުން ހިނގުމަށް މަޖުބޫރު އެކުރަނީ ކީއްވެ ހެއްޔެވެ؟
އެއީ އަލިފާންގަނޑެއް ރޯވެފައިވާ ޖަންގައްޔެއްގެ ތެރޭ ތާށިވެފައިވާ މިނިކާވަގު ތަކެއް ފަދަ ބައެކެވެ.
އެ އަލިފާންގަނޑު ތެރެއަށް އަހަރެން ފުންމާލަންވީ ކީއްވެހެއްޔެވެ؟
އެމީހުންނަކީ ލޯބީގައި ނާކާމިޔާބުވެފައިވާ ބައެކެވެ.
އެމީހުންގެ ނާކާމިޔާބީ އާއި އެކުވެސް އުފާކުރެއެވެ.
އަހަރެންވެސް އެ ސަފަށް އަރަންވީ ތޯއެވެ؟
އަހަރެން ނިދީގައި އޮންނައިރު ދައްކަނީ ކަލާގެ ވާހަކައެވެ.
މިކަމަށް ރޭގަނޑު ހެކިދޭނެއެވެ.
އަހަރެންގެ ލޭގެ ހިނގުމުން ފަވަނީ ކަލާގެ ނަމެވެ.
މިކަމަށް މަގޭ ނާރުތައް އިޢުތިރާފް ވާނެއެވެ.
އަހަރެން ކަލާގެ މަތިން ހަނދާން ނެއްތާލާނީ ކިހިނެއް ހެއްޔެވެ؟
ޚިޔާލާއި ފިކުރުގެ ދުނިޔޭން އެއްކިބާ ވެގެން ހުރިނަމަވެސް ކަލާގެ ހަނދާންތައް އަހަންނާ ވަތްކެއް ނުވެއެވެ.
ހިތުގައި އޮޔާދެމޭ ސުވާލުތަކުން ފެންމަތިވަނީ އެންމެ ސުވާލެކެވެ.
އަހަރެމެން ވަކިވާން ޖެހުނީ ކީއްވެ ހެއްޔެވެ؟
އަހަރެންގެ މެހެފިލުގައި ކަލާ ވެޑުވިގެން އިން އިނުން ވީ އަހަރެންގެ އެންމެ ބޮޑު އުފަލަށެވެ.
އެހެނަސް……
އަހަރެންގެ މަގުން ކަލާ އެއްކިބާ ކުރުން އެއީ ތަޤުދީރުގެ މަތިވެރި ނިންމެވުމެވެ.
އަހަރެންގެ ދެލޯ ކުރިމަތީގައެވެ.
އަހަރެންގެ ނޫރު ފަނޑުވަމުން ދަނީ، ދެ އިނގިލި ދޭތެރޭން ފުރޭނިގެންދާ ވެލިތަކެއް ފަދައިންނެވެ.
ކަލާގެ ގައިގައި އަޅާވޭން އަހަންނަށް އިހުސާސް ކުރެވެއެވެ. ޒަހަރެއް އަހަރެންގެ ގައިގައި އުނގުޅާ ފަދައިންނެވެ.
އޭ އަހަރެމެންގެ ލޯތްބަށް އިންސާފުކުރަމުން ގެންދާ އެންމެހާ ފަނޑިޔާރުންނެވެ.
ދުރުގައި ހުއްޓަސް އެނާ ހިންހަމަ ނުޖެހޭފަދަ ކަމެއް އަހަރެން ނުކުރާނަމެވެ.
އަހަރެމެންގެ ދެމެދު އެތަކެއް ކިލޯ މީޓަރެއްގެ ދިގު ރާސްތާއެއް ވިޔަސް މި ހިތްވަރެއް ގުޑުވައެއް ނުލެވޭނެއެވެ. މި އަޒުމެއް ވަރުބައްޔެއް ނުކޮށްލެވޭނެއެވެ.
އޭނައެއްވެސް އަދި އަހަންނެއްވެސް ބޭވަފާއެއް ނުވާނެއެވެ.
އާދައިގެ މަތިން އޭނާގެ ހަނދާންތަކުގައި ދެމިހުންނާނީއެވެ.
