ޅެން އިސްލާންވުމީ ބޮޑު ނިޢުމަތެއް

އިސްލާންވުމީ ބޮޑު ނިޢުމަތެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ﷲ ރުއްސެވި ދީންމަތީ ލެއްވުން މިއީ ބޮޑު ނިޢުމަތެއް

                         ﷲ އެންގެވި ގޮތްމަތިން ކުރުމީޢަމަލު ވާޖިބުކަމެއް

އިސްލާންކަމުގެ ނޫރުންހިތަށް އަލިކަންލިބުން ބަޔަކަށްވުމުން

                   އިޞްލާޙުވާން ހެޔޮމަގުހިފުން އެގޮތުން ކުރަން ޖެހިދާކަމެއް

އެކިދީންތަކުގެ ފިކުރީ އަޖަލު ގައިނުޖެހިތިބި ބަޔަކަށްވުމަށް

                   ދެކިގެންއެކަން ދީންއުނގެނުމީ އެގޮތުންކުރުން ލާޒިމުކަމެއް

ރާއްޖޭން ދެވޭ ތަޢުލީމުގައި އަޚުލާޤު ދަސްކޮށްދީ މަގުން

                     ރާއްޖޭގެ ކުރިމަގު އަލިކުރަން މަސްއޫލުވެރި ވާންވީކަމެއް

ތަޢްލީމުދޭ މަންހަޖުމުޅިން އިޞްލާޙުކޮށް ހެޔޮވީމަގުން

                         ތަޢްލީމުގައި ޔޫރަޕުގެކުލަ ނައްތާލުމީ ބޭނުންކަމެއް

އިސްކޫލުގައި އެއުޅޭވަގުތު ކުރުމަށް ނަމާދުގެ ވަގުތުގައި

                    އިސްކަންދެވޭނެ އުސޫލަކުން ކިޔަވައިދިނުން ބޭނުންކަމެއް

ނަމަކުން ވެއިސްލާމުން ކަމަށް ވިޔަކަސް ފުދެން ނޯންނާނެތީ

                      ކަމަކަށް ފިސާރިބަލާމިކަން އިޞްލާޙުވުން ބޭނުންކަމެއް

މާއްދިއްޔަތުގެ ޢިލްމާއެކީ ތައުޙީދު ޢިލްމު އުނގެނުމާ

                     މާއްދާތަކުން ދީނުގެއަސަރު ފެނިގެންދިއުން ލާޒިމުކަމެއް

ޓެގް

ހިތްފަހި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.